ހަނގުރާމައަށް ދިވެހިން ފޮނުވާ މީހުން ދެނެގަނެވިއްޖެ، މިދަނީ ފާރަލަމުން: ޑިފެންސް މިނިސްޓަރު
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހުން ދެނެގަނެވިއްޖެ، މިދަނީ ފާރަލަމުން: ޑިފެންސް މިނިސްޓަރު

ރާއްޖޭން ބޭރުގެ ގައުމުތަކަށް ހަނގުރާމައަށް ދިވެހިން ފޮނުވާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށާއި އެމީހުން މޮނިޓާ ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ހަނގުރާމައަށް ދިވެހިން ފޮނުވާ މީހުން ދެނެގަނެވިއްޖެ، މިދަނީ ފާރަލަމުން: ޑިފެންސް މިނިސްޓަރު
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހުން ދެނެގަނެވިއްޖެ، މިދަނީ ފާރަލަމުން: ޑިފެންސް މިނިސްޓަރު

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހަނގުރާމައަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މަދު ބަޔަކު އެބަތިބި ކަމަށެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ތިން ވަނަ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ހަނގުރާމައަށް ދިވެހިން ފޮނުވާ މީހުން ދެނެގަނެވިއްޖެ، މިދަނީ ފާރަލަމުން: ޑިފެންސް މިނިސްޓަރު
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހުން ދެނެގަނެވިއްޖެ، މިދަނީ ފާރަލަމުން: ޑިފެންސް މިނިސްޓަރު

މި މީހުންނާ މެދު ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެމީހުން ހައްޔަރު ނުކުރެވެނީ "ކޯޓުގައި ސާބިތުވާ ވަރަށް" ހެކި ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ހެކި ހޯދަން މަސައްކަތް ކުރަމުން، ބައެއް މީހުން ދެނެގަނެވި މޮނިޓާ ކުރެވެމުން މިހާރު ދަނީ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެކަމަކު ރާއްޖެއަށް އެއްވެސް އިންޒާރެއް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް ޓެރަރިޒަމްގެ ބިރު އެބަ އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ނިސްބަތުގައި ސަލާމަތީ ބާރުތަކުން އޮތީ ތައްޔާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަށް ސަރުކާރުން ހިތްވަރުދޭ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ދައްކަމުން އަންނަ ވާހަކަތައް ދޮގުކުރެއްވި އެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ދިވެހިން ހަނގުރާމައަށް ދަނީ އިމިގްރޭޝަންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ އެހީތެރިކަން ލިބިގެންނެވެ. މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ އިހުމާލެއް އޮތްތޯ ދަނީ ބަލަމުންނެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެ އިން މިހާތަނަށް ދިޔައީ 49 މީހަކު ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ބޮޑެތި ކުށްތަކުގައި ހިމެނޭ މުޖުރިމުން ކަމަށް ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ބޭރުގައި ހިނގާ ބައެއް ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމަކީ އަދި ބައިވެރިވާން އުޅުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޖިނާއީ ކުށެކެވެ. ހަނގުރާމަތަކުގައި ބައިވެރިވާން އުޅުނު ބައެއް މީހުން އަނބުރާ ގެނެސް އެ މީހުންގެ ޝަރީއަތް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.