މިހާރުގެ ރެސިޕީ: ކުކުޅު ގަރުދިޔަ
މިހާރުގެ ރެސިޕީ: ކުކުޅު ގަރުދިޔަ

3 ޖޯޑު ފެން

4 ސްޕްރިންގް އޮނިއަން (ކުދި ފިޔާ ގަސް)

6 އިންޗި ލެމަންގްރާސް (މެދުން ފަޅާލައިފައި، ދެ އިންޗިން ބުރި ކޮށްފައި)

3 ލޮނުމެދު

1 ރޯމިރުސް

10 ފުށް އަސޭމިރުސް

1 މޭޒުމަތީސަމުސާ ސޯޔާސޯސް (ބޭނުން ނަމަ)

ލޮނު، ހިކަނދިފަތެއް

ފެނުގެ ތެރެއަށް ކުކުޅުމަސް އަޅާފައި ލޮނުލައިގެން ކެއްކުން. މައްޗަށް އަރާ ގަރު (ފޮނު) ނަގަން ވާނެ. ގަރު އެރުން އެއްކޮށް ހުއްޓުނީމައި ސްޕްރިންގް އޮނިއަން، ލޮނުމެދު، އަސޭމިރުސް، ލެމަންގްރާސް އަޅާފައި ކައްކާލުން. ބޮކިޖަހައި ކެކެން ފެށުމުން ރޯމިރުސް، (ބޭނުން ނަމަ) ސޯޔާސޯސް އަޅާފައި، ލޮނުހެޔޮވަރު ކުރުން.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.