28 ޖޫން 2016 - 08:04

6 ކުކުޅުބިސް
½ ދަޅު ގެރިކިރު (ޑަބަލްޕީޗް)
ވެނީލާ އެސެންސް
ބިހާއި، ގެރިކިރު އެއްކުރުމަށް ފަހު ރަނގަޅަށް ގިރައިފައި، ވެނީލާ އެސެންސް އެޅުން. ތަވައެއްގައި ތުނިކޮށް ފޮޅި ފިހާ ގޮތަށް ފިހުން. ފިހުމަށް ފަހު އޮޅައިލުން.
މި ފޮޅިއަށް ކެރަމަލް ފޮޅި ވެސް ކިޔާ.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.