02 ޖުލައި 2017 - 14:24

މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ ވަރަށް ގަދައަށް މިއަދު އަނދައި އޭގައި ތިބި ހަތަރު ދިވެއްސަކު ފިހިއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ހާދިސާގައި ހަތަރު ދިވެއްސަކު ފިހިގެން އެ ހޮސްޕިޓަލަށް ގެނެސް އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 10 ޕަސެންޓް ފިހިފައިވާއިރު، ބާކީ ތިން މީހުން ފިހުނީ ވަރަށް ކުޑަކޮށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ."އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫން،" ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސަންލޭންޑް ޓްރެވެލްސް އިން ހިންގާ މަކުނުދޫ ރިސޯޓުގެ މި ލޯންޗުގައި ރޯވީ ފޮރިން މިނިސްޓްރީ ކުރިމަތީގައި އަޅާފައި އޮއްވަ އެވެ. ރިސޯޓް ފަޅުގައި އަޅާފައި އޮތީ މާލެ އިން ޓޫރިސްޓުން ގޮވައިގެން ރިސޯޓަށް ދިއުމަށް ކަމަށް ވެ އެވެ.
އަލިފާންގަނޑު ކޮންޓްރޯލްވި އިރު ލޯންޗުގެ އެތެރެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. ބޭރުން ފެންނަން އޮތީ ލޯންޗުގެ ތޮށިގަނޑު އެކަންޏެވެ.