03 ޖުލައި 2017 - 06:30

އެންމެ ކުޑައިރު ބާސޮރީ ލާލް ވެސް އިސްކޮޅުން ދިގު ވަމުން ދިޔަ އެވެ. ނަމަވެސް ފަސް އަހަރުގައި އޭނާގެ ހެދިބޮޑުވުން ހުއްޓުނެވެ. މިހާރު އޭނާގެ އުމުރުން 50 އަހަރެވެ. ނަމަވެސް އިސްކޮޅުގައި ހުރީ އެންމެ 29 އިންޗި އެވެ.

އިސްކޮޅުން ކިތަންމެ ކުޑަޔަކަސް އެހެން މީހަކަށް އޭނާ ދުލެއް ނުކުރެ އެވެ. އެ އަވަށުގައި ބާސޮރީ އަކީ ސެލެބްރިޓީއެކެވެ. އިންޑިޔާގެ މަދްޔަ ޕްރަދޭޝް ކުޑަ އަވަށެއްގައި ދިރިއުޅޭ ބާސޮރީ ބަލަން ވަރަށް ދުރު ހިސާބުތަކުން ވެސް މީހުން ޒިޔާރަތްކުރެ އެވެ.

އޭނާގެ ބޭބެ ގޯޕީ ލާލް، 55، ގެ އިސްކޮޅު ބަރާބަރެވެ. ދެބެން ދިރިއުޅެނީ އެކުގަ އެވެ. ގޯޕީ ބުނާ ގޮތުގައި ކޮއްކޮއަކީ އެމީހުންނަށް ލިބިފައިވާ ވަރަށް ބޮޑު ނަސީބެކެވެ. ބާސޮރީ ދެކެ މީހުން ލޯބިވެ އޯގާތެރިކޮށް ހިތާތީ އުފާވާ ކަމަށް ވެސް ގޯޕީ ބުންޏެެވެ.
އަމިއްލަ ސިފަ ދެކެ ލޯބިވުމަކީ ބާސޮރީ ލޯބިވެ އެވެ. އޭނާ ބުނި ގޮތުގައި އިސްކޮޅާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާ ވެސް ދިރިއުޅެނީ އެހެން މީހުންނެކޭ އެއްގޮތަށް މަސައްކަތްކޮށްގެން ކަމަށް ބުންޏެވެ.
އިސް އިސްކޮޅުން ކުރުވެގެން ދިމާވާ ހުރަހެއް އޭނާއަކަށް ނެތެވެ. ނަމަވެސް ކުޑައިރު މީހުން މަލާމަތްކުރުމުން ވަރަށް ދެރަވި އެވެ.
ބާސޮރީގެ އިސްކޮޅުން ދިގުނުވާކަން ފާހަގަކުރެވުނީ ފަސް އަހަރުގަ އެވެ. އެމީހުންގެ ފަގީރުކަމުން ޑޮކްޓަރަކަށް ވެސް ނުދެއްކުނީ އެވެ. ކުޑައިރު އަވަށުގެ މީހުންގެ ފަރާތުން ވަރަށް ގުނަ އުނދަގޫތައް ކޮއްކޮ އަށް ކުރިމަތިވި ކަމަށް ބުންޏެވެ. ނަމަވެސް އޭނާ ބުނީ މިހާރު އަވަށުގެ އެންމެ ގިނަ މީހުންގެ ލޯބި ލިބިފައި ވަނީ ބާސޮރީ އަށް ކަމަށެވެ.
ބާސޮރީ ދިރިއުޅެނީ އޭނާގެ ބޭބެ ގޯޕީ އާއި ފަހަރި ސާތިއާގެ ވެސް އެހީތެރިކަމުގަ އެވެ. ފަހަރި ހިންގާ ކުޑަކުޑަ ފެކްޓްރީގައި ވެސް ބާސޮރީ މަސައްކަތް ކުރެ އެވެ. އޭނާ އަށް އެކަމުން އުޖޫރަ ވެސް ލިބެ އެވެ.
ސާތިއާ ބުނި ގޮތުގައި ބާސޮރީ އަކީ ވަރަށް ޕޮޒިޓިވް ވިސްނުމުގެ މީހެކެވެ.
ބާސޮރީ ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނެވެ. ލިބޭ އެއްޗެއް އާއިލާއަށް ދީގެން ދިރިއުޅުމަކީ އޭނާގެ އަބަދުގެ ވެސް އުއްމީދެވެ.