މިހާރުގެ ރެސިޕީ: ޑެވިލްޑް ސޮސޭޖަސް
މިހާރުގެ ރެސިޕީ: ޑެވިލްޑް ސޮސޭޖަސް

1 ޕެކެޓު ސޮސެޖު (ކައްޗަށް ކޮށާފައި)

1 ފިޔާ (އާދައިގެ، ބޮޑެތިކޮށް ގޮޅިއަށް ކޮށާފައި)

2 ލޮނުމެދު (ފަޅާފައި)

50 ގުރާމު ލީކްސް (ބޮޑެތިކޮށް ކައްޗަށް ކޮށާފައި)

1 ޓޮމާޓޯ (ކުޑަ، ގޮޅިއަށް ކޮށާފައި)

⅓ މޭޒުމަތީސަމުސާ އަސޭމިރުސް (މުގުރާފައި)

1 ކެޕްސިކަމް (ކަރުގަނޑު ނަގާފައި، ކައްޗަށް ކޮށާފައި)

2 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް

½ ޖޯޑު ޓޮމާޓޯ ސޯސް

½ ޖޯޑު ޗިލީ ސޯސް

1 ސައިސަމުސާ ސޯޔާ ސޯސް

ތެޔޮ، ހިކަނދިފަތް

ލޮނުމެދު ލައިގެން ފިޔާ މީރުކޮށްފައި، ސޮސެޖާއި އަސޭމިރުސް އަޅާފައި، ސޮސެޖު ރަތްވަންދެން އެއްކުރަމުން ގެންދިޔުން. ކުޑަކޮށް ރަތް ވުމުން ލީކްސް އާއި ކެޕްސިކަމް އަޅާފައި، ލީކްސްކޮޅު ކުޑަކޮށް މޯޅިވީމައި، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، އޮއިސްޓާ ސޯސް އަދި ސޯޔާ ސޯސް އަޅާފައި، ޓޮމާޓޯކޮޅު އެޅުން. ބޮކިޖަހައި ކެކެން ފެށީމައި، ހިކަނދިފަތް އެޅުން.

މި އަށް ލޮނު ލާކަށް ނުޖެހޭނެ. ބޮޑަށް ދިޔާކުރަން ބޭނުން ނަމަ، ޓޮމާޓޯ ސޯސް، ޗިލީ ސޯސް އަދި އޮއިސްޓާ ސޯސް އިތުރު ކުރެވިދާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.