މި އާއިލާގެ އެއްވެސް އަންހެނަކު މުސްކުޅިއެއް ނުވޭ!
މި އާއިލާގެ އެއްވެސް އަންހެނަކު މުސްކުޅިއެއް ނުވޭ!

އެންމެން ވެސް ހީކުރަނީ މިއީ 20 ވަރަކަށް އަހަރުގެ ޒުވާން އެކުވެރިންތަކެއް ކަމަށެވެ. ނަމަވެސް ފޮޓޯގައިވާ ތިން އަންހެނުންނަކީ އުމުރުން އެއަށް ވުރެ ދެ ގުނަ ދޮށީ ބައެކެވެ.

މި އާއިލާގެ އެއްވެސް އަންހެނަކު މުސްކުޅިއެއް ނުވޭ!
މި އާއިލާގެ އެއްވެސް އަންހެނަކު މުސްކުޅިއެއް ނުވޭ!

މިއީ ތައިވާންގެ ހޫސޫ އާއިލާއަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ. މި މީހުންގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވުމާ އެކު ތޫފާނެއް ހީވީ އުފެދުނު ހެންނެވެ. ސަބަބަކީ އެމީހުންގެ އުމުރާ ބަލާފައި ފެންނަލެއް ޒުވާން ކަމުންނެވެ. މި ތިން މީހުންގެ މަންމައަށް މިހާރު 63 އަހަރެވެ. ނަމަވެސް މި ތިން ބެއިން ފަދައިން އޭނާގެ ކިބަޔަކުން ވެސް މުސްކުޅިވުމުގެ ނިޝާނެއް ނެތެވެ.

މީގެ ތެރެއިން ލޫރޭ ހޫސޫގެ އުމުރަކީ 41 އަހަރެވެ. އޭނާއަކީ އިންޓީރިއާ ޑިޒައިނަރެކެވެ. ލޫރޭ ގިނަ ބަޔަކު ދަންނަން ފެށީ އޭނާގެ އަމިއްލަ ގައުމުގެ ޓީވީ ޗެނަލަކުން ދެއްކި މުނިފޫހިފިލުވުމުގެ ޝޯއެއްގައި އޭނާ ބައިވެރިވުމުންނެވެ. އެ ޝޯ ބެލި އެއްވެސް މީހަކު އޭނާގެ އުމުރުން އެހާ ދުވަސް ވީ ކަމަކަށް ގަބޫލެއް ނުކުރި އެވެ.

ލޫރޭ ނޫނަސް އޭނާގެ އާއިލާގެ އެހެން މެމްބަރެއްގެ ފަރާތުން ވެސް އުމުރުން ދުވަސް ވުމުގެ ނިޝާނެއް ނުފެނެ އެވެ. އެމީހުންގެ ހަންގަނޑު އާދަޔާޚިލާފަށް ރީއްޗެވެ. އެންމެ ރުލެއްގެ އެ ހަންގަނޑަކަށް ނާރަ އެވެ.

ތިން ބެއިންގެ މަންމައަށް 63 އަހަރު ވީއިރު ވެސް ހުންނަނީ އެހާ ޒުވާންކޮށެވެ. މި އަންހެންމީހާގެ ތިން ދަރިންގެ ތެރެއިން ފޭ ފޭ ހޫސޫ އަށް ވަނީ މިދިޔަ ޖޫން މަހު 40 އަހަރު ފުރިފަ އެވެ.

މި އާއިލާ ފޭސްބުކްގައި ފޮލޯކުރާ 70،000 މީހުން ތިބިއިރު އިންސްޓަގްރާމްގައި 12،000 ފޭނުން އެބަ ތިއްބެވެ.

މި އާއިލާގެ ތިން މީހުންގެ ތެރެއިން އެންމެ ހަގު ޝެރޯން އަކީ ތައިވާންގެ މަޝްހޫރު މޮޑެލްއެކެވެ. އޭނާއަށް 36 އަހަރު ފުރިފައި ވިޔަސް ބަލާބެލުމަށް ހީވަނީ 19 އަހަރުގެ ޒުވާނެއް ހެންނެވެ.

ފޭ ފޭ ބުނި ގޮތުގައި އެމީހުންގެ ޒުވާންކަމުގެ ސިއްރަކީ މަންމަގެ ރަނގަޅު ޖީން ވާރުތަ ވެފައި ވުމެވެ. މަންމަ އަދިވެސް ފެންނަނީ ވަރަށް ޒުވާންކޮށް ކަމަށާއި މިހާރުވެސް އޭނާއަށް ބަލާލާފައި އުމުރު އަންދާޒާކޮށްލަން ނޭނގޭ ކަމަށް ފޭ ފޭ ބުންޏެވެ.

އެ މީހުން އެހާ ޒުވާންކޮށް ތިބެނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ. ޖަވާބުގައި އެމީހުން ބުނަނީ ހަންގަނޑު މޮއިސްޗާކޮށް ބެހެއްޓުން ވަރަށް މުހިއްމު ކަމަށެވެ. އޭރުން އުމުރާ ގުޅިގެން ހަމަށް އަންނަ ބަދަލުތައް ލަސްވާނެ ކަމަށާއި އަވިން ހަންގަނޑު ސަލާމަތް ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ދެން އެ މީހުން އިރުޝާދުދިނީ މަހުގެ ބާވަތްތައް މަދުކޮށް ފައިބަރު ގިނައިން ހުންނަ ކާނާ ކާށެވެ. ޕްރޮޓީން ގިނައިން ހުންނަ ކެއުންތައް ގިނަކޮށް ވީހާވެސް ގިނައިން ކަސްރަތުކުރަން ވެސް ނަސޭހަތްތެރިވި އެވެ.