ހިތް ބަދަލު ކުރި މީހާ ވިހެއުމަށް ފަހު މަރުވެއްޖެ
ހިތް ބަދަލު ކުރި މީހާ ވިހެއުމަށް ފަހު މަރުވެއްޖެ

ވޮޝިންޓަން (ޖުލައި 2) - މީގެ އަހަރުތަކެއް ކުރިން ހިތް ބަދަލު ކުރި އެމެރިކާގެ އަންހެނަކު ވިހެއުމަށް ފަހު ގާތްގަނޑަކަށް އަށެއްކަ ގަޑިއިރު ފަހުން މަރުވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ މެގަން މޮސް ޖޯންސަންގެ ހިތް ބަދަލުކުރީ މީގެ ހަތް އަހަރު ކުރިންނެވެ. ނަމަވެސް އޭނާ ވިހެއިތާ އަށެއްކަ ގަޑިއިރު ފަހުން ވަނީ ތަފާތު އުނދަގޫތައް ކުރިމަތިވާން ފެށުމަށް ފަހު މަރުވެފަ އެވެ. އޭނާ މަރުވުމުގެ ކުރިން ވަނީ ކުޑަ ދަރިފުޅު ގައިގައި ފިރުމާ، އަތްދަނޑި މަތީ ބާއްވާ އަދި ދަރިފުޅަށް ގާތުންދީފަ އެވެ.

ޖޯންސަން އަށް ވިހެއުމުގައި އެއްވެސް މައްސަލައެއް ދިމަލެއް ނުވެ އެވެ.

ހިތަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަޔޯކާޑައިޓިސް ޖޯންސަން އަށް ޖެހުނީ އޭނާގެ އުމުރުން 15 އަހަރުގަ އެވެ. އުމުރުން 23 އަހަރު ފުރުނު އިރު ޖޯންސަން ހުރީ ހިތްބަދަލު ކުރަން ޖެހޭ ހާލަތުގަ އެވެ.

ހިތް ބަދަލުކުރިތާ އަހަރެއްހާ ދުވަސް ފަހުން އޭނާ ވަނީ ކައިވެނިކޮށްފަ އެވެ. އެ ދެމަފިރިންގެ އަލަތު ދަރިފުޅު ލިބުނީ މިދިޔަ ހަފުތާގަ އެވެ. ފިރިމީހާ ނަތަން ޖޯންސަން ވަނީ ކުޑަ ދަރިފުޅުގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. ވިހެއިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޖޯންސަން އަށް ތަފާތު އުނދަގޫތައް ކުރިމަތިވެ އެންމެ ފަހުން އޭނާ ވަނީ ދުނިޔެ ދޫކޮށްފަ އެވެ. ޖޯންސަންގެ އާއިލާ އަށް ގިނަ ބަޔަކު ދަނީ އެހީވަމުންނެވެ.