ޓެކްނޯ ބްރޭންޑުގެ ސާމާނު އެސްޓީއޯ އިން ތައާރަފުކޮށްފި
ޓެކްނޯ ބްރޭންޑުގެ ސާމާނު އެސްޓީއޯ އިން ތައާރަފުކޮށްފި

ސިންގަޕޫރުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޓެކްނޯ" ބްރޭންޑްގެ ސާމާނު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބުނިގޮތުގައި އެ ފިހާރައިގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ އަތޮޅުތެރޭގެ ފިހާރަތަކުން ވެސް ޓެކްނޯ ބްރޭންޑްގެ ތަކެތި ލިބެން ހުންނާނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ޓެކްނޯ ބްރޭންޑުގެ ސާމާނުގެ ތެރޭގައި ހިމެނެނީ ގޭގެ އާއި ސިނާއީ ބޭނުންތަކަށް ބޭނުންކުރާ އުނދުނާއި އަވަނާއި ހުޑާއި ދޮންނަ މެޝިނާއި ޑިޝްވޮޝާއި ކޫލަރާއި ފްރީޒަރު އަދި ޝަވަ ހީޓަރެވެ. އަލަށް ތައާރަފް ކުރި މި ސާމާނުގެ ސަބަބުން ގޭތެރެ އަށް އަދި ބަދިގެ އަށް ބޭނުންވާ ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގެއްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ސިންގަޕޫރުގައި ވެސް ބޮޑެތި ގިނަ ކުންފުނިތަކާ އެކު މަސައްކަތް ކޮށްފައިވާ އަދި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ޓެކްނޯ ބްރޭންޑް ރާއްޖެ އަށް ތައާރަފު ކުރުމަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ބްރޭންޑުގެ އިތުރު އުފެއްދުންތައް ތައާރާފު ކުރާނެ ކަމަށް ވެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބުންޏެވެ.

އެ ފިހާރަ އިން ބުނިގޮތުގައި ޓެކްނޯ ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކުރުމާ ގުޅިގެން، އެ ބްރޭންޑަށް ހާއްސަކޮށްގެން، އީދު އޮފާގެ ނަމުގައި ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަންގައި ޓެކްނޯގެ ހުރިހާ މުދަލަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. އަދި އޭގެ އިތުރުން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ފޭސްބުކް ޕޭޖްގައި https://web.facebook.com/Stohomeimprovement ޓެކްނޯގެ ހާއްސަ ލައިކް، ޝެއަ އެން ވިން އެއް ކުރިއަށް ގެންދެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނީ ޓެކްނޯ ބްރޭންޑްގެ މުދަލަށް ވެސް އެސްޓީއޯ އިން އެއް އަހަރު ދުވަހުގެ ވޮރޮންޓީ ދޭނެ ކަމަށެވެ. އެސްޓީއޯ އަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ އަދި ނިޕޯންގެ ރާއްޖޭގެ އޮތޮރައިސްޑް ޑިސްޓްރިބިއުޓަރެވެ.