އެކްޓްކުރުމުގެ ހުނަރެއް އަހަރެންގެ ނެތް: މީރާ
އެކްޓްކުރުމުގެ ހުނަރެއް އަހަރެންގެ ނެތް: މީރާ

މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕޫތަކީ ފިލްމީ ތަރިއެއް ނޫނެވެ. އެކަމަކު އާންމުންގެ ސަމާލުކަން އޭނާއަށް ވަރަށް ބޮޑަށް ލިބެ އެވެ. އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި އެކައުންޓްތައް ހުޅުވާފައިވެ އެވެ. އެހެން ވަނީ ހަމައެކަނި ޝާހިދުގެ އަނބިމީހާ ވީމައެއް ނޫނެވެ. އޭނާގެ ހެދުން އެޅުމުގެ ސްޓައިލް ވެސް ގިނަ ބަޔަކަށް ކަމުދަނީ އެވެ. ވިހޭ ފަހުން އަބަދު ދަރިފުޅު ގޮވައިގެން އޭނާ އުޅޭތީ ވެސް ގިނަ ބަޔަކަށް މީރާ އަކީ ނަމޫނާއެކެވެ.

އެކްޓްކުރުމުގެ ހުނަރެއް އަހަރެންގެ ނެތް: މީރާ
އެކްޓްކުރުމުގެ ހުނަރެއް އަހަރެންގެ ނެތް: މީރާ

މީރާގެ މަގްބޫލުކަން ބޮޑުކަމުން އޭނާ ފިލްމު ކުޅުމަކީ ވެސް ގިނަ ބައެއްގެ އުއްމީދެކެވެ. އެހެންވެ އޭނާ ފިލްމު ކުޅެން އުޅޭ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ފެތުރެ އެވެ.

ދާދި ފަހުން މަޖައްލާއަކަށް މީރާ ދިން އިންޓަވިއުއެއްގައި ބުނީ ދަރިފުޅު މީޝާގެ ކަންތައްތައް ކޮށްފައި ފިލްމެއްގެ މަސައްކަތް ކުރާނެ ވަގުތު ނުވާނެ ކަމަށެވެ.

ތަންކޮޅެއް ކުރިން ޝާހިދު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ފިލްމު ކުޅުމާއި ނުކުޅުން އޮތީ މީރާގެ އިޚްތިޔާރުގަ އެވެ. މީރާއަށް ފިލްމުތަކުން ފުރުސަތު ލިބޭ ކަމުގެ ޚަބަރުތައް ނޫސްތަކުން ފެންނަ ކަމަށް ވެސް ބުންޏެވެ.

ޝާހިދު ބުނީ މީރާ ބޭނުން ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު އޭނާއަށް އޮންނާނެ ކަމަށެވެ. އަދި މީރާ ކުރާ އެއްވެސް ކަމަކާ އޭނާ ނުބެހޭނެ ކަމަށް ވެސް ބުންޏެވެ. ޝާހިދު ގަބޫލުކުރާ ގޮތުގައި މީރާ އަކީ ވަކި ފަރުދަކަށް ވާ ފަދައިން އަމިއްލައަށް ކަންކަން ނިންމުމުގެ އިހުތިޔާރު ވެސް ލިބިފައި އޮންނާނެ އެވެ.

އެކަމަކު ފިލްމު ކުޅުމަކީ މީރާއަށް ފަސޭހަ ކަމަކަށެއް ނުވާނެ އެވެ. މީރާ ބުނަނީ އެއީ މުޅިން ތަފާތު ހުނަރެއް ކަމަށެވެ.

"އެކްޓްކުރުމަކީ ވަރަށް އުނދަގޫ ފަންނެއް. އަހަންނަކަށް ހިއެއް ނުވޭ އަހަރެންގެ ކިބައިގައި އެ ހުނަރު ހުރިހެނެއް. އެހެން ނޫނަސް މިހާރު އަހަރެން ބޭނުންވަނީ ހުރިހާ ސަމާލުކަމެއް މީޝާއަށް ދޭން،" މީރާ ބުންޏެވެ.

އޭނާ ގޮތުގައި ޝާހިދުއާ ކައިވެނި ކުރިތާ ކުރީކޮޅު ނޫސްވެރިންގެ ސަމާލުކަން ލިބޭލެއް ބޮޑުކަމުން އުނދަގޫ ވެސް ވި އެވެ. އަދި ފޮޓޯނަގާތީ ވެސް އޭނާ ހާސްވެ އެވެ. ނަމަވެސް މިހާރު ހަމައަކަށް އެޅިއްޖެ ކަމަށާއި ފިލްމީ ތަރިއެއްގެ އަންބަކަށް އެފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.