30 ޖޫން 2017 - 16:20

އަދާލަތު ޕާޓީގެެ ރައީސް ޝައިހް އިމްރާން އަބްދުﷲ ރޯދަ މަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އަނބުރާ މިއަދު ބަދަލުކޮށްފަ އެވެ.
އިމްރާން ޖަލަށް ގެންދިޔައީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އިމްރާން ދިރިއުޅުއްވާ ގެއަށް ގޮހެވެ. އިމްރާން ޖަލަށް ގެންދިއުމުގެ މަސައްކަތް ފެށީ އިމްރާނާ އެކު ގޭ ބަންދަށް ބަދަލުކުރީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ ޖަލުގައި ހުއްޓަސް އަދި މިނިވަންކޮށް ހުއްޓަސް އޭނާ ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށާއި އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި، ޖަލަށް ގެންދިއުމުގެ ކުރިން އޭނާ ވަނީ މީޑިއާތަކަށް އިންޓަވިއުއެއް ވެސް ދެއްވައިފަ އެވެ.
އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަސް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އިމްރާންގެ ޖަލު ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ކުރިން ވަނީ ބުނެފަ އެވެ.