29 ޖޫން 2017 - 22:01

ވައިގެ މަގުން ގދ. ކާޑެއްދު އަށް ގެންދިޔަ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ފުލުހުން ރޭ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މީހާ އަތުލައިގެންފައި ވަނީ ރޭ ދަންވަރު އެކެއް ޖަހާކަށް ހާ އިރު ކާޑެއްދޫން ކަމަށެވެ. އަދި އެ މީހާގެ ބަންދަށް 15 ދުވަސް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އިތުރު ކޮށްދީފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އާއްމުކުރި ފޮޓޯއެއްގައިވާ ގޮތުން އެ މީހާ އެތެރެކުރި ޑްރަގް ހުރީ ކުދި ރަބަރު ޕެކެޓްތަކެއްގައި ބަންދުކޮށްފަ އެވެ. އެ މީހާ އެ ތަކެތި ގެންދަން އުޅުނީ ގދ. ތިނަދު އަށް ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.