23 ޖޫން 2016 - 10:38

މިއަހަރުގެ އައިފާ އެވޯޑުގައި ބައިވެރިވުމަށް ބޮލީވުޑްގެ ތަރިން ފުރަން ފަށައިފި އެވެ.
ސްޕެއިންގެ މެޑްރިޑްގައި އަންނަ ހަފުތާ ބަންދުގައި ބާއްވާ މި ހަފުލާގައި ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯން، ސަލްމާން ޚާން، ޝާހިދު ކަޕޫރު، ޓައިގާ ޝްރޮފް، ޕްރިޔަންކާ ޗޯޕްރާ ފަދަ ހުނަރުވެރި އެކްޓަރުންގެ ޕާފޯމަންސްތައް ހިމެނެ އެވެ.
މަޝްހޫރު ކޯރިއޮގްރާފަރު ޝާމަކް ދާވަރްގެ ޑާންސް ޓްރޫޕްއާ އެކު ފަރިތަކުރަމުން ރިތިކް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
މި އިވެންޓް ހޯސްޓްކޮށްދޭނީ ޝާހިދު ކަޕޫރާއި ފަރްހާން އަޚްތަރެވެ.
އެންމެ ފަހުން ސްޕެއިނަށް ފުރި ތަރިންގެ ތެރޭގައި ޝާހިދު ކަޕޫރާއި ސޮނާކްޝީ ސިންހާ އަދި ޓައިގަ ޝްރޮފް ފަދަ ތަރިން ހިމެނެ އެވެ. އަދި ފަވާދު ޚާން، ޝިލްޕާ ޝެޓީ، ދިއާ މިރްޒާ އަދި ވިވެކް އޮބްރޯއީ ފަދަ ތަރިން ވެސް ވަނީ މިހާރު ސްޕެއިނަށް ގޮސްފަ އެވެ.