މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަން ފަށައިފި
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަން ފަށައިފި

މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އަރަން ފަށައިފި އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަން ފަށައިފި
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަން ފަށައިފި

އުދަ އަރަމުން ދަނީ ކާނިވާ ސަރަހައްދާއި ބޮޑުތަކުރުފާނުމަގު ޓަސްކަލޫލްސާ ސަރަހައްދަށެވެ. ކާނިވާ ސަރަހައްދަށް އުދަ އަރައި، އެތަނުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފަ އެވެ. ކާނިވާ ސަރަހައްދަކީ އާންމުކޮށް ބައެއް މޫސުންތަކުގައި އުދަ އަރާ ތަނެކެވެ.

މެޓް އޮފީހުން ބުނީ މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.