މި ކުއްޖާ ހެދުން އަޅާލެއް ޗާލުކަމުން ގިނަ ބަޔަކަށް ހައިރާންކަން
މި ކުއްޖާ ހެދުން އަޅާލެއް ޗާލުކަމުން ގިނަ ބަޔަކަށް ހައިރާންކަން

ކޯކޯ އަކީ މިހާރު އިންސްޓަގްރާމްގައި އެންމެ މަޝްހޫރު ފެޝަން ކުއްޖާ އެވެ. ހަ އަހަރުގެ މި ކުއްޖާ ފޮލޯކުރާ އަދި އޭނާ ދެން އަޅާނެ އެންމެ ފަހުގެ ފެޝަންގެ ހެދުމަކީ ކޮބައިތޯ ބަލަން ބޭނުންވާ ލައްކައަކަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ޓޯކިޔޯގެ މަގުތަކުގައި ކޯކޯ އޭނާގެ ކުލަ ގިނަ ހެދުންތައް އަޅާލައިގެން ހިނގާއިރު ހެދުމުގެ ކޮންމެ ބައެއް ވެސް އަނެއް ބަޔަކާ ގުޅުވާލާފައި ހުންނަނީ ވަރަށް ފުރިހަމަ އަށެވެ.

މި ކުއްޖާ ހެދުން އަޅާލެއް ޗާލުކަމުން ގިނަ ބަޔަކަށް ހައިރާންކަން
މި ކުއްޖާ ހެދުން އަޅާލެއް ޗާލުކަމުން ގިނަ ބަޔަކަށް ހައިރާންކަން

ކޯކޯގެ ސްޓައިލްތަކަކީ އޭނާގެ އަމިއްލަ ހިޔާލެވެ. ލާނެ ހެދުން އަމިއްލަ އަށް އިޚްތިޔާރުކުރަން ފެށީ އޭނާގެ އުމުރުން އެންމެ ދެ އަހަރުގަ އެވެ.

ފެޝަން އަދި ސްޓައިލްއަށް ކޯކޯ މޮޅުކަމުން ބްރޭންޑް ޕާޓީތަކަށާއި ފެޝަން ޝޯތަކަށް މިހާރު އޭނާއަށް ދައުވަތު ދީގެން ގެންދެ އެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑް ޗެނަލް ވެސް ހިމެނެ އެވެ. މިވަރުން ފުދުނީކީ ނޫނެވެ. މި ކުއްޖާގެ ފޮޓޯ އެންމެ ފަހުން ދުނިޔޭގެ މަޝްހޫރު ފެޝަން މަޖައްލާ ވޯގް ބޭރުގަނޑަށް ވެސް އެރީ އެވެ.

ކޯކޯގެ މައިންބަފައިންނަކީ ހަރަޖޫކޫގައި ހެދުން ވިއްކާ ފިހާރައެއް ހިންގާ ބައެކެވެ. އަދި ދަރިފުޅު ހެދުން އެޅުމުގެ ފެޝަނަށް ލޯބިކުރާތީ އެކަމަށް އެމީހުންގެ ހިތްވަރުދެ އެވެ. ކޯކޯގެ މަންމަ ބުނި ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުން ރީތި ހެދުންތައް ހޯދައިގެން ކޯކޯގެ ބައްޕަ އޭނާއަށް ގެނެސްދެ އެވެ.

އޮންލައިންގައި ކޯކޯގެ މަޝްހޫރުކަމާއި މަގްބޫލުކަން ބޮޑުވަމުން އަންނަ އިރު ހަގީގީ ދިރިއުޅުމުގައި ވެސް އޭނާ ފާހަގަކުރާ މީހުން މިހާރު ވަރަށް ގިނަ ކަމަށް މަންމަ ބުންޏެވެ.

މިހާ ހަގު އުމުރުގައި ކޯކޯއަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބޮޑު ކާމިޔާބެއް ލިބިފައި ވިޔަސް އޭނާގެ މައިންބަފައިން ބުނަނީ އެމީހުން އިންސްޓަގްރާމް ބޭނުންކުރަނީ ދިރިއުޅުމާއި ދުނިޔޭގެ ކަންކަން ކޯކޯ އަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.