ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް
ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް

ޑޮނަލްޑް ޓްރަމްޕް އޭނާގެ ކުންފުނި ހިންގަވާ ގޮތަށް ދުނިޔޭގެ އެންމެ ބާރުގަދަ އޮފީސް ހިންގަވަން ފެއްޓެވުމުން ނުކުމެނުދާނެ ނަތީޖާ އެމެރިކާގެ މިނިވަން މީޑިއާ އަށް ދަނީ ފެންނަމުންނެވެ. ކުރީގެ ރައީސުންގެ ފަރާތުން އާންމުކޮށް ކެމެރާ ކުރިމަތީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ވައިޓް ހައުސިން މިހާރު ވަނީ މަދުކޮށްފަ އެވެ. ގިނަ ބްރީފިންތައް ކެމެރާކުރުން މަނަ އެވެ.

ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް
ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް

އެކަމަކު ސީއެންއެން އިން ބޭނުންވީ ބެލުންތެރިންނަށް ކޮންމެވެސް މަންޒަރެއް ދައްކުވައިދޭށެވެ. އެހެންކަމުން މިދިއަ ހުކުރުދުވަހުގެ ޕްރެސް ބްރީފިން އަށް އެ ސްޓޭޝަނުން ފޮނުވީ އާންމުކޮށް ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ކުރަހަން ހާއްސަ ކުރެހުންތެރިޔާ ބިލް ހެނެސީ އެވެ.

ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް
ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ތަނުގެ ކުރެހުންތައް އޭނާ ވަގުތުން ކުރަހައި، ސީއެންއެން އަށް ފޯރުކޮށްދިނެވެ. ސީއެންއެން އިން ވަނީ ކޮންމެ މީޑިއާއަކަށް ވެސް އެ ކުރެހުންތައް ބޭނުންކުރުމުގެ ފުރުސަތު ދީފަ އެވެ.

ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް
ވައިޓް ހައުސް އަށް ކެމެރާ މަނާކުރުމުން ސީއެންއެން އިން ފޮނުވީ ކުރެހުންތެރިއެއް

ޓްރަމްޕަށް ތާއީދުކުރާ މީޑިއާތަކުން ބުނާ ގޮތުގައި ސީއެންއެންގެ އަމަލަކީ ސްޓަންޓެކެވެ. އެކަމަކު ސީއެންއެން އިން ބުނަނީ ކެމެރާ ކުރުން މަނާ ތަނެއްގެ މަންޒަރުތައް ކުރެހުމުން ދެއްކުމަކީ ނޫސްވެރިކަމުގެ ހަމައެއް ކަމަށެވެ. ޝަރީއަތްތައް ކުރެހުމުން ގެނެސްދިނުމުން، ކޯޓަށް ނުވަދެވޭ އެންމެންނަށް ކޮންމެވެސް މަންޒަރުތަކެއް ފެންނަ ކަމަށް ސީއެންއެން އިން ބުނެ އެވެ.

ސީއެންއެން އިން ދެކޭ ގޮތުގައި ވައިޓް ހައުސްގެ ގިނަ ޕްރެސް ބްރީފިންތައް ކެމެރާ ކުރުން މަނާކުރުމަކީ ސުޕްރީމް ކޯޓުގައި ހިނގާ ޝަރީއަތެއް ކަހަލަ ކަމެކެވެ. އެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ ކެމެރާކުރުން މަނާކޮށް އެކަމަކު ރިޕޯޓްކުރުން ހުއްދަކޮށްގެންނެވެ.

ހެނެސީގެ އެއް ކުރެހުމުގެ ކަނާތް ފަރާތުން ފެންނަ ވީޑިއޯ ކެމެރާ އަސްލު ހުރީ އޮފް ކޮށްފަ އެވެ. އެއީ ވީޑިއޯ ކުރުން މަނާކުރިޔަސް އާންމުކޮށް ބަހައްޓާފައި ހުރި ތަނުން ނުނަގާ ދޫކޮށްލާފައި ހުރި ސާމާނުގެ ތެރެއިން އެކައްޗެވެ.

ސީއެންއެން އިން ބުނާ ގޮތުގައި ވައިޓް ހައުސްގެ ބްރީފިންތަކުން ހެނެސީ ފެނުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމުގެ ހެއްކެކެވެ.

މިދިއަ 25 އަހަރުގެ ތެރޭގައި ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ ރައީސުންގެ ޕްރެސް ސެކްރެޓަރީން ވަނީ އޮން ކެމެރާގައި ގަވާއިދުން ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެކަމަކު ޓްރަމްޕްގެ ވައިޓް ހައުސިން މިހާރު ވަނީ އޮން ކެމެރާ ބްރީފިންތައް މަދުކޮށް، ކެމެރާ ކުރާ ބައްދަލުވުންތަކުގެ ވަގުތު ވެސް ކުރުކޮށްފަ އެވެ.

މިއީ މިނިވަން މީޑިއާ އިން ޓްރަމްޕްގެ މައްސަލަތައް ކަވަރުކުރާތީ އެކަމާ ނުރުހިގެން ވައިޓް ހައުސިން އަޅަމުން އަންނަ ފިޔަވަޅެކެވެ. އެކަމަކު އެމެރިކާގެ މީޑިއާ އަކީ ރައީސަކަށް ނުވަތަ ވައިޓް ހައުސަށް ކޮންޓްރޯލްކުރެވޭނެ ދާއިރާއަކަށް ނުވާތީ ސީއެންއެން އާއި ނިއު ޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓް ފަދަ މީޑިއާތަކުން ގެންދަނީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ ދޯހަޅި ކަންކަން ވަރަށް ގާތުން ބަލަމުން، އަދި ފާޑުކިޔަމުންނެވެ.