24 ޖޫން 2017 - 21:48

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.

ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ފެނިފައި ނުވިޔަސް، އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފަައިވާތީ މާދަމާ އަކީ ޝައްވާލު މަހުގެ 1 ކަމަށެވެ.
އޮމާން ފިޔަވައި ގަލްފުގެ ހުރިހާ ގައުމަކަށް ވެސް މާދަމާ އަކީ ޝައްވާލު މަހުން 1 އެވެ. އޮމާން އަށް މާދަމާ އަކީ ރޯދަ މަހުގެ 30 އެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން މާދަމާ އޮންނާނީ މާފަންނު ސްޓޭޑިއަމްގަ އެވެ.