އެއްބައި އިންސާނެއް ގޮތަށް އޮތް ކަންބަޅިއެއް ވިހެއީތަ؟
އެއްބައި އިންސާނެއް ގޮތަށް އޮތް ކަންބަޅިއެއް ވިހެއީތަ؟

ސައުތު އެފްރިކާގެ އަވަށެއްގައި ވިހޭ ކަންބަޅިއެއްގެ އެއްބައި އިންސާނަކާ ވައްތަރު ކަމަށް ބުނެ އެ އަވަށުގެ މީހުން ވަރަށް ބިރުން އުޅޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ. ސައުތު އެފްރިކާގެ އެސްޓާން ޕްރޮވިންސްގެ ލޭޑީ ފެރޭރޭ ކިޔާ އަވަށުގައި އުފަންވި މި ކަންބަޅިއާ ބެހޭ ގޮތުން އެކި ގޮތްގޮތަށް އަންނަނީ ވާހަކަދެކެވެމުންނެވެ.

އެއްބައި އިންސާނެއް ގޮތަށް އޮތް ކަންބަޅިއެއް ވިހެއީތަ؟
އެއްބައި އިންސާނެއް ގޮތަށް އޮތް ކަންބަޅިއެއް ވިހެއީތަ؟

މި ކަންބަޅީގެ ފޮޓޯތައް ދައުރުވާން ފެށުމުން އެ ގައުމުގެ ސަރުކާރުން ވަނީ ސައިންޓިސްޓުން ފޮނުވައިގެން އެއީ ކޯޗެއްތޯ ބަލައިފަ އެވެ.

އެ ގައުމުގެ ޗީފް ޑައިރެކްޓާ، ވެޓެރިނަރީ ސާވިސް ޑރ. ލުބާބަލޯ މުވޭބީ ވިދާޅުވީ ބަލާބެލުމަށް އިންސާނެއްގެ ސިފަ ކޮންމެވެސް ވަރަކަށް މީތީގައި ހުރި ނަމަވެސް މިއީ އިންސާނަކާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ.

މި ފޮޓޮއަކީ ހަދާފައިވާ ފޮޓޯއެއް ނޫންކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ލޭޑީ ފެރޭރޭ އަވަށުގައި މި ހަފުތާގައި ކަންބަޅިއަކު ވިހާފައިވާ ވަރަށް ބޮޑަށް އައިބުތަކެއް ހުރި ކަންބަޅިއެކެވެ.

"މިއީ އެއްވެސް ވަރަކަށް އިންސާނެއްގެ ބައެއް ހުރި އެއްޗެއް ނޫން. މިއީ ރިފްޓް ވެލީ ފީވާ ކިޔާ ބައްޔެއް މި ކަންބަޅީގެ މަންމައަށް ޖެހިގެން ވަރަށް ބޮޑު އައިބުތަކަކާ އެކު އުފަންވެފައިވާ ކަންބަޅިއެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަންބަޅިއެއްގެ ހުންނަނީ 28 ކްރޮމޮޒޯމް ޖޯޑެވެ. އަދި އިންސާނުންގެ ހުންނަނީ 23 ކްރޮމޮޒޯމް ޖޯޑެވެ. އެހެންވީމާ އިންސާނަކާއި ކަންބަޅިއެއް އެކުވެގެން އެއްވެސް ކަހަލަ ދިރުމެއް އުފަން ނުވާނެކަން ޔަގީންކަމަށް ވިދާޅުވި އެވެ.