ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

މާތްވެގެންވާ ހަރަމްފުޅަށް ދޭން އުޅުނު "ޓެރަރިސްޓް ހަމަލާއެއް" ނާކާމިޔާބުކޮށްލައިފި ކަމަށް، ސައުދީ އަރަބިއްޔާ އިން މިރޭ ބުނެފި އެވެ.

ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

ދާހިލީ ވުޒާރާ އިން ބުނީ ހަމަލާ ދޭން އުޅުނު މީހާ ހުރި އިމާރާތް، ސަލާމަތީ ބާރުތަކުން ވަށާލުމާ އެކު، އޭނާ ވަނީ އަމިއްލަ އަށް ބޮން ގޮއްވާލައިގެން މަރުވެފައި ކަމަށެވެ.

ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އެ އިމާރާތް ބިމާ ހަމަވިއިރު 11 މީހުން ޒަހަމްވި އެވެ. އޭގެ ތެރޭގައި ފުލުހުން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެ އެވެ. ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރޯދަމަހުގެ ފަހު ދިހައިގެ މާތްކަން ހޯދަން ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާ އަށް އެތައް މިލިއަން ބަޔަކު ވަނީ ޖަމާވެފަ އެވެ.