މާލޭގެ ދެ ސަރަހައްދަކުން ފޭރުނު މީހަކު ހައްޔަރުކޮށްފި
މާލޭގެ ދެ ސަރަހައްދަކުން ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގެ ދެ ސަރަހައްދަކުން ފޭރުނު 23 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހު ޗާންދަނީ މަގު ފަރިވާ ކައިރިންނާއި މިދިޔަ ހޯމަ ދުވަހު "ސަލަ ތައި" ރެސްޓޯރަންޓު ކައިރިން ފޭރުނު މައްސަލައެއްގައި ކަމަށެވެ.

"ސަލަ ތައި" ރެސްޓޯރަންޓް ކައިރިން ފޭރުނީ ޔޫކްރެއިންގެ 23 އަހަރުގެ އަންހެނެއްގެ އަތް ދަބަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޯދަ މަހާ ދިމާކޮށް މާލޭގައި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މާލޭގެ ތިން ސަރަހައްދަކުން ފޭރުނުކަމުގެ ތުހުމަތުގައި 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރި އެވެ.

ފޭރުމުގެ މައްސަލަތައް އިތުރުވާތީ ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.