23 ޖޫން 2017 - 13:49

ކ. ގުރައިދޫ އިރުމަތީ ފަރާތަށް ލައްގާފައި ހުރި ކަމަށް ބެލެވޭ، މަސްތުވާ އެއްޗެހި އަޅާފައި ހުރި 300 އަށް ވުރެ ގިނަ ޕެކެޓް މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މި ޕެކެޓްތައް ފެނިފައި ވަނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު އެ ސަރަހައްދު ހޯދުމުގެ ތެރޭގައި ކަމަށެވެ. މިހާތަނަށް ހޯދި ހޯދުމުން، ރަބަރު ޕެކެޓްގައި ހުރި، މަސްތުވާ އެއްޗެހި ކަމަށް ބެލެވޭ 319 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.