23 ޖޫން 2016 - 09:06

އެކްޓަރު ޓޮމް ކްރޫޒާއި ބަތަލާ ކެޓީ ހޯމްސްގެ ކައިވެނި ރޫޅުނުތާ ހަތަރު އަހަރުވެއްޖެ އެވެ. އެއީ 2006 ވަނަ އަހަރު ކުރި ކައިވެންޏަށް ދަރިއަކު ވެސް ލިބުނު ފަހުންނެވެ. އެއީ މިހާރު އުމުރުން ހަ އަހަރުގެ ސޫރީ ކްޒޫޒެވެ.

"މިޝަން އިމްޕޮސިބްލް" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ކްރޫޒާއި ކެޓީ ކައިވެނި ކުރީ، ކްރޫޒާއި ބަތަލާ ނިކޯލް ކިޑްމަންގެ ކައިވެނި 2001 ގައި ރޫޅިފައި އޮއްވަ އެވެ. ކެޓީ އާއި ކްރޫޒްގެ ކައިވެންޏަކީ ކްރޫޒްގެ ތިން ވަނަ ކައިވެންޏެވެ.
"ބެޓްމޭން ބިގިންސް" އާއި "ޓަޗްޑް ވިތު ފަޔަ" ފަދަ ފިލްމްތައް ކުޅެފައިވާ ކެޓީ އާއި ކްރޫޒް ވަަރަށް ލޯބިން އުޅެފައި ދަރިއަކު ވެސް ލިބުނު ފަހުން ކައިވެނި ރޫޅުނު ފަހުން، ދެ މީހުން އިތުރު ކައިވެންޏެއް ނުކުރެ އެވެ.
އެކަމަކު ކެޓީ، 37، އާއި އެކްޓަރު ޖެމީ ފޮކްސް، 48، ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭތާ ވެސް މިހާރު ދުވަސްވެއްޖެ އެވެ. ދެ މީހުން އުޅެނީ އެކަން ވަރަށް ބޮޑަށް ސިއްރުކޮށްގެންނެވެ.
އެހެން ނަމަވެސް ދެ މީހުން ސީރިއަސް ގުޅުމެއްގެ ތެރޭގައި އުޅޭކަން ގާތް އެކުވެރިންނަށް އެނގޭ ކަމަށްވެ އެވެ. އަދި ދެ މީހުންގެ ގުޅުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އެކަމަކު ކެޓީ އަށް އެ ވާހަކަ ދައްކާކަށް ފަސޭހައެއް ނޫނެވެ. ސަބަބަކީ ދަރިފުޅުގެ ބައްޕަ ކްރޫޒް މިކަމަށް އިޖާބާ ދޭނެ ގޮތެއް ނޭނގޭތީ އެވެ. އަނެއްކޮޅުން ދަރިފުޅު ސޫރީ ހުންނަނީ ވެސް ކެޓީގެ ކައިރީގަ އެވެ.
ކެޓީ އާއި ޖެމީ ގުޅުން ސިއްރުކޮށްގެން އުޅުނަސް، ޖެމީގެ ގާތް އެކުވެރިއެއް ކަމަށްވާ ބަތަކާ ކްލައުޑިއާ ޖޯޑަން ވަނީ އެ ދެ މީހުން ހިތާވެގެން އުޅޭކަމުގެ އިޝާރާތެއް ދީފަ އެެވެ. އެކަމަކު އެ ވާހަކަ ދައްކަން އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
"ދަ ރިއަލް ހައުސްވައިވްސް އޮފް އެޓްލާންޓާ" ގެ ކުރީގެ ބަތަލާ ކްލައުޑިއާ ޖޯޑަން، 43، ބުނީ "ހޮރިބަލް ބޮސަސް" އާއި "ލޯ އެބައިޑިން ސިޓިޒަން" ފަދަ ފިލްމްތައް ޖެމީ އާއި ކެޓީ އެކުގައި އުޅޭ ތަން އޭނާ ނުދެކޭ ކަމަށެވެ.
"އެހެންވެ އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. ކެޓީ އާ ޑޭޓް ކުރާ ވާހަކައެއް ޖެމީ އަހަރެން ގާތު ވެސް ނުބުނޭ. އެކަމަކު ޖެމީ އުފަލުން ހުރިއްޔާ އަހަރެން ވެސް އެކަމާ އުފާ ކުރާނަން،" ދެ ކުދިން ތިބީ ޖެމީ އާ ބެހޭ ގޮތުން ކްލައުޑިއާ ބުންޏެވެ.