އެންމެ ދިގު 8 އަހަރު ކުއްޖާ އަދިވެސް މަންމައަށް ވުރެ ކުރު
އެންމެ ދިގު 8 އަހަރު ކުއްޖާ އަދިވެސް މަންމައަށް ވުރެ ކުރު

ދުނިޔޭގެ އެންމެ ދިގު 8 އަހަރު ކުއްޖާގެ ރެކޯޑް މިހާރު އޮތީ އިސްކޮޅުގައި ހަ ފޫޓު ހަ އިންޗި ހުރި ކަރަން ސިންގް ކިޔާ އިންޑިޔާ ކުއްޖަކަށެވެ. ކަރަންއާ އެކު އެއް ކުލާހެއްގައި ކިޔަވާ ކުދިންނަށް ވުރެ އޭނާ މިހާރުވެސް ދެ ގުނަ ދިގެވެ. ނަމަވެސް މަންމަގެ އިސްކޮޅާ އެއްވަރުވާން އަދިވެސް ވަރަށް ބޮޑުތަން ދިގުވާން ޖެހެ އެވެ. މަންމަގެ އިސްކޮޅުގައި ހަތް ފޫޓު ދެ އިންޗި އެބަހުއްޓެވެ.

އެންމެ ދިގު 8 އަހަރު ކުއްޖާ އަދިވެސް މަންމައަށް ވުރެ ކުރު
އެންމެ ދިގު 8 އަހަރު ކުއްޖާ އަދިވެސް މަންމައަށް ވުރެ ކުރު

އިންޑިއާގެ މީރަޓްގައި ދިރިއުޅޭ ކަރަން ވަނީ ގިނަ ރެކޯޑްތަކެއް ހަދާފައި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް އޭނާގެ ނަން އަރުވާފަ އެވެ. ކަރަންގެ ރެކޯޑްތަކުގެ ތެރޭގައި އުފަންވީއިރު އެންމެ ބަރު އަދި އެންމެ ދިގު ކުއްޖާގެ ރެކޯޑް ހިމެނެ އެވެ. މިހާރު ކަރަންގެ ބައްޕަ ސަންޖޭ، 41، އުންމީދުކުރަނީ އިތުރު ރެކޯޑްތަކެއް އޭނާގެ ދަރިފުޅަށް ގާއިމް ކުރެވޭނެ ކަމަށެވެ.

އެންމެ ދިގު 8 އަހަރު ކުއްޖާ އަދިވެސް މަންމައަށް ވުރެ ކުރު
އެންމެ ދިގު 8 އަހަރު ކުއްޖާ އަދިވެސް މަންމައަށް ވުރެ ކުރު

ކަރަން އުފަންވި އިރު އޭނާގެ ގައިގައި 7.8 ކިލޯ ހުއްޓެވެ. އަދި އިސްކޮޅުގައި 63 ސެންޓިމީޓަރު (ދެ ފޫޓު) ހުއްޓެވެ. އެހެންވެ އުފަންވުމާ އެކު ރެކޯޑް ފޮތަށް އޭނާ އެރި އެވެ. އޭގެ ފަހުން އުމުރުން ފަސް އަހަރުގައި އަނެއްކާ ވެސް އޭނާ ވަނީ ރެކޯޑް ފޮތުން ޖާގަ ހޯދާފަ އެވެ. މިފަހަރު އެންމެ ދިގު ކުޑަކުއްޖާގެ ރެކޯޑެވެ. އަދި އަށް އަހަރު ފުރުމާ އެކު އަނެއްކާވެސް ރެކޯޑް ފޮތަށް ދަރިފުޅުގެ ނަން އަރުވަން ކަރަންގެ ބައްޕަ ބޭނުމެވެ.

ނަމަވެސް އެ އާއިލާގައި ކަރަން އަށް ވުރެ ދިގު މީހަކު އެބަހުއްޓެވެ. އޭނާގެ މަންމަ ޝްވެޓްލާނާ، 33، އެވެ. އިސްކޮޅުގައި ހަތް ފޫޓު ދެ އިންޗި ކުރި ޝްވެޓްލާނާ އަކީ އިންޑިއާގެ އެންމެ ދިގު އަންހެންމީހާގެ ރެކޯޑް މިހާރު އޮތް މީހާ އެވެ. ޝްވެޓްލާނާ އަކީ ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ނެޝަނަލް އަދި އިންޓަނޭޝަނަލް މުބާރާތްތަކުގައި އިންޑިއާގެ ޓީމުގައި އޭނާ ވަނީ ކުޅެފަ އެވެ.

މި މީހުން އެހާ ދިގުވާ ސަބަބު އަދި އޮޅުމެއް ނުފިލަ އެވެ. ފަހަރެއްގައި މަންމަ އާއި ދަރިފުޅުގެ މާގިނައިން ދިގުވާ ހޯމޯން ހުރީ ކަމަށް ވެދާނެކަމަށް ކަރަންގެ ބައްޕަ ސަންޖޭ ގަބޫލު ކުރެ އެވެ.

"އަހަރެމެން ގަވާއިދުން ކަރަން އެންޑޯކްރައިނޮލޮޖިސްޓަކަށް ދައްކަން. މިހާތަނަށް ހެދި އެއްވެސް ޓެސްޓަކުން އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކާ. އިސްކޮޅުން ދިގަސް ކަރަން ވަރަށް ބުންވަރު ގަދަ. އަދި އެތެރެހަށީގައި ވެސް އެއްވެސް މައްސަލައެއް ނޫޅޭ،" ކަރަންގެ ބައްޕަ ބުންޏެވެ.

އިސްކޮޅުން ކިތަންމެ ދިގަސް ކްލާހުގައި އުޅޭ އެހެން ކުދިން ހުރިހާ ކަމެއް ކަރަން އަށް ވެސް ކުރެވެ އެވެ. އެހެންވެ ސްކޫލުގައި އޭނާއަކަށް އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ނަމަވެސް އޭނާއަށް އުނދަގޫ މައްސަލައެއް އެބައޮތެވެ. ހެޔޮވަރު އަންނައުނާއި ބޫޓު ނުލިބުމެވެ.

އިސްކޮޅުން ދިގަކަސް ކަރަން އެކަމާ ލަދެއް ނުގަނެ އެވެ. އޭނާ ބޭނުމީ އަދިވެސް އިތުރަށް ދިގު ވާށެވެ.