ބަނޫން ސާފް ޝޮޕް: ފިރިހެނުންނަށް ޚާއްސަ
ބަނޫން ސާފް ޝޮޕް: ފިރިހެނުންނަށް ޚާއްސަ

ފިރިހެނުންނަށް ޚާއްސަ އަދި ނަން މަޝްހޫރު ބްރޭންޑްތަކުގެ އަންނައުނާއި އެކްސެސަރީ މާލެ އިން ހޯދަން ބޭނުންވާ މީހުންނަށް މި ފިހާރަ ވަރުގެ ތަނެއް ނުހުންނާނެކަން ޔަގީނެވެ. ބަނޫން ސާފް ޝޮޕުން ވިއްކާ ހެދުންތަކުގެ ކޮލިޓީ އާއި ރީތިކަން އެހާ ހިތްގައިމެވެ. މުޅި ދުނިޔޭގައި މަޝްހޫރު 11 ބްރޭންޑެއްގެ ތަކެތި ބަނޫން އިން ލިބެން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ބްރޭންޑެއްގެ އުފެއްދުންތައް ސަރަހައްދީ ފެންވަރުގައި ވެސް ވިއްކުމުގެ ހޮއްދަ ބަނޫން އަށް ވަނީ ލިބިފަ އެވެ.

ބަނޫން ސާފް ޝޮޕް: ފިރިހެނުންނަށް ޚާއްސަ
ބަނޫން ސާފް ޝޮޕް: ފިރިހެނުންނަށް ޚާއްސަ

ބަނޫން ސާފް ޝޮޕް މީގެ ފަސް އަހަރު ކުރިން ފެށީ ފޭސްބުކްގައި ހިންގި ވަރަށް އާދައިގެ ޕޭޖެއްގަ އެވެ. ނަމަވެސް އެ ޕޭޖުން ލިބުނު މަޝްހޫރުކަމާއި ކަސްޓަމަރުން ދިން އިތުބާރާއި ޔަގީން ކަމުގެ ނަތީޖާ އަކީ އެކަމުގައި އިސްކޮށް އުޅުނު މީހުންގެ ޚާއްސަ ފިހާރައެއް 2014 ގައި މާލޭގައި ހުޅުވުމެވެ. ބައިނަލްއަގްވާމީ ގޮތުން މަޝްހޫރު ބްރޭންޑްތަކުގެ އޮތޮރައިޒްޑް ރީސެލިން ލައިސެންސް އާ އެކީގަ އެވެ. މައިގަނޑު ގޮތެއްގައި ފުރަތަމަ ވިއްކީ ކުޑަކުދިންގެ ސާމާނެވެ. އެކަމަކު ކުޑަކުދިންގެ ފިހާރަ ހުޅުވިތާ އެއް އަހަރު ފަހުން، ލިބެމުން އައި ތަރުހީބަށް ބަލައި މި ވިޔަފާރި އިތުރަށް ފުޅާކުރި އެވެ. ބޮޑެތި މީހުންނަށް ޚާއްސަ ހެދުން ވިއްކާ ފިހާރައެއް ވެސް ހުޅުވި އެވެ.

އިތުބާރު ހިފޭ ބްރޭންޑްތަކުގެ ތަފާތު އެކި ވައްތަރުގެ އާ ސާމާނު މިދިޔަ ތިން އަހަރު ވެސް ބަނޫން ސާފް ޝޮޕަށް އައީ އިތުރު ކުރަމުންނެވެ. އޭގެ ނަތީޖާ އަކީ ފިރިހެނުންނަށް ޚާއްސަ ތަފާތު އުފެއްދުންތައް އެއް ފިހާރައަކުން، ފަސޭހަ ކަމާ އެކު ލިބޭ ތަނެއްގެ ގޮތުގައި އެ ފިހާރަ މަޝްހޫރު ވުމެވެ.

ބަނޫން ސާފް ޝޮޕުން ހުންނަ ބްރޭންޑްތަކުގެ ތެރޭގައި އޮނީލް، އޮކްސްބޯ، ކޯސްޓާ ޑެލް މާ، ޓްރިޕަލް އެއިޓް، މެންގޯ، ރެއިންބޯ ސޭންޑަލްސް އަދި ގްލޯބް ބްރޭންޑްސް ހިމެނެ އެވެ. އެމެރިކާ، ޔޫރަޕް، އަދި އޮސްޓްރޭލިޔާގެ ފެންވަރު ރަނގަޅު މި ބްރޭންޑްތަކުގެ ތެރޭގައި ހިމެނެނީ އާންމުކޮށް ބޭނުންކުރާ އަންނައުނާއި ފައިވާނުގެ އިތުރުން އަވި އައިނާއި ވޮލެޓް ފަދަ އެކި އެކްސެސަރީ އެވެ. ބާޒާރު ގައި އެންމެ ރަނގަޅު އަވި އައިނު ބްރޭންޑްތައް ކަމަށްވާ ސްމިތް އޮޕްޓިކްސް، އޯކްލޭ، އަދި ވޫރޭ ވެސް ބަނޫން ސާފް ޝޮޕް އިން ލިބެން އެބަހުއްޓވެ.

ބަނޫން ގައި ކެޝުއަލް ވެއާ ގެ އަގުތައް 350-1،500ރ. ގެ ދެމެދުގައި އުޅޭއިރު، ގަމީސް ގަންނަން ލިބެނީ 700-1،400ރ އާ ދެމެދުގެ އަގެއްގަ އެވެ.

ބަނޫން ސާފް ޝޮޕުން ބުނި ގޮތުގައި ޕްރީއޯޑާ ކޮށްގެން ވެސް އަގު ހެޔޮކޮށް އެ ފިހާރައިން ތަކެތި ލިބޭނެ އެވެ. ކަނޑައެޅޭ ވަކި ބާވަތްތަކަށް ލިބޭ ޕްރީއޯޑާތަކަށް އެޑްވާންސަށް 50 ޕަސެންޗް ޗާޖު ކުރާނެ އެވެ.

ދަތުރުވެރިންނަށް ބޭނުންވާ ބެކް ޕެކާއި ލަގެޖް ދަބަސް ވެސް ބަނޫން އިން ލިބެން ހުރެ އެވެ.

އެ ފިހާރައިން ބުނިގޮތުގައި އެމެރިކާ ގެ ޑަކައިން ބްރޭންޑް ދަބަސްތައް ދާދި ފަހުން ވަނީ ތައާރަފްކޮށް ވިއްކަން ފަށައި ފައެވެ. ބަނޫން އިން ގެންނަ ބްރޭންޑް ތަކުން އުފެއްދުންތައް ތައްޔާރު ކުރަނީ ކޮންމެވެސް ކުޅިވަރެއް ކުޅޭ ބަޔަކަށް އަމާޒުކޮށްގެނެވެ.

ބަނޫން ސާފް ޝޮޕުން ގަންނަ ފައިވާން، ދަބަސް، އަދި ވޮލެޓް ކަހަލަ އެއްޗެހި ހަލާކު ނުވެ ގިނަ ދުވަހު ގެންގުޅެވޭނެ ކަމުގެ ޔަގީންކަން ވެސް އެ ފިހާރަ އިން ދެ އެވެ.

ކާވާ ސްކޭޓްބޯޑް މުޅި އޭޝިޔާ ސަރަހައްދުގައި ވިއްކުމުގެ ލައިސެންސް ވެސް ބަނޫން ސާފް ޝޮޕަށް ވަނީ ލިބިފަ އެވެ. އޭޝިޔާ ސަރަހައްދުގައ ދެން އެ ބްރޭންޑް ވިއްކަން ހުއްދަ ދީފައިވާ ހަމަ އެކަނި ގައުމަކީ މެލޭޝިޔާ އެވެ. ބަނޫން ސާފް ޝޮޕުން ބުނި ގޮތުގައި ކާވާ ސްކޭޓްބޯޑުގެ ސްޕެއާ ޕާޓްސް އަދި އެކްސެސަރީސް ގެ އިތުރުން، މަރާމާތުކޮށްދިނުމުގެ ހިދުމަތް ވެސް އެ ފިހާރައިން ފޯރު ކޮށްދެ އެވެ.

މުސްތަގްބަލު ގައި އެ ފިހާރައިން ސްކޭޓް ބޯޑުގެ އިތުރުން އެކި ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ވެސް ލިބޭނެ ކަމަށް ބެލެވެ އެވެ.

ބަނޫން އިން ބުނި ގޮތުގައި އެ ފިހާރަ އަށް އަލަށް ގެންނަން ރާވާފައިވާ ތަކެތީގެ ތެރޭ އަތުކުރީގަޑި އާއި ވިންޑް ސާފް ކުރަން ބޭނުންވާ ސާމާނު، އަދި ބޮޑީ ބޯޑިންގް އަށް ހާއްސަ ތަކެތި ހިމެނެ އެވެ.

މި ރޯދަމަހަށް ހާއްސަކޮށް އެ ފިހާރަ އިން ބޮޑެތި ޑިސްކައުންޓްތަކެއް ދީފައި ވާއިރު، ކުރިއަށް އޮތް ކުޑަ އީދަށް ހާއްސަކޮށް ވެސް ޕްރޮމޮޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. މި ދުވަސްވަރު ތަކެތީ ގެ އަގުތައް ހެޔޮވެ، އެންމެ މަތީ ފެންވަރުގެ ތަކެތި އަގު ހެޔޮކޮށް ހޯދުމުގެ ރަނުގެ ފުރުސަތެއް ލިބިގެން ދާނެ އެވެ.