މެލޭޝިޔާ ޔުނިވާސިޓީއެއްގެ ދެ ކޯސް އެވިޑް ކޮލެޖުން ކިޔެވޭ ގޮތަށް ހަމަޖައްސައިފި
މެލޭޝިޔާ ޔުނިވާސިޓީއެއްގެ ދެ ކޯސް އެވިޑް ކޮލެޖުން ކިޔެވޭ ގޮތަށް ހަމަޖައްސައިފި

އެވިޑް ކޮލެޖާއި މެލޭޝިޔާގެ ޔޫސީއެސްއައި ޔުނިވަސިޓީ އާ ގުޅިގެން އެ ކޮލެޖުގައި ޔުނިވާސިޓީ ފެންވަރުގެ ދެ ކޯސް ހިންގަން ހަމަޖައްސައިފި އެވެ.

މެލޭޝިޔާ ޔުނިވާސިޓީއެއްގެ ދެ ކޯސް އެވިޑް ކޮލެޖުން ކިޔެވޭ ގޮތަށް ހަމަޖައްސައިފި
މެލޭޝިޔާ ޔުނިވާސިޓީއެއްގެ ދެ ކޯސް އެވިޑް ކޮލެޖުން ކިޔެވޭ ގޮތަށް ހަމަޖައްސައިފި

މި ކޯސްތައް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު އެވިޑް ކޮލެޖާ ޔޫސީއެސްއައި ޔުނިވާސިޓީ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ ކޮލެޖުން ބުނީ އެވިޑް ކޮލެޖުގައި ހިންގަން ފަށާ ޔޫސީއެސްއައި ޔުނިވާސިޓީގެ ދެ ޕްރޮގްރާމަކީ ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ އިން ޓާޝަރީ ޓީޗިންގް (ޕީޖީޑީޓީޓީ) އަދި ޕީއެޗްޑީ އިން ބިޒްނަސް އެންޑް މެނޭޖްމަންޓް ކަމަށެވެ.

އެ ދެ އިދާރާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޔޫސީއެސްއައި ޔުނިވާސިޓީގެ ދެ ކޯސް ހިންގުމުގެ އިދާރީ ޒިންމާ ނަގަން ޖެހެނީ އެވިޑް ކޮލެޖުން ކަމަށް އެ ކޮލެޖުން ބުންޏެވެ. މީގެ އިތުރުން ޔުނިވާސިޓީގެ ދެ ކޯހުގެ ދަރިވަރުންނަށް ބޭނުން ކުރާނެ ލާނިން ސެންޓަރެއްގެ ރޯލް އެވިޑް ކޮލެޖުން އަދާ ކުރާނެ އެވެ.

މި ދެ ކޯހުގެ ދަރިވަރުންނަށް އެވިޑް ކޮލެޖުގައި ކިޔަވައިދޭނީ ޔޫސީއެސްއައި ޔުނިވާސިޓީން ރާއްޖެ އަށް ފޮނުވާ ޕްރޮފެސަރުންނެވެ.