ބޮޑު ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލައި 15 މީހަކު ހައްޔަރުކޮށްފި
ބޮޑު ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލައި 15 މީހަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ނެޓްވޯކެއް ފަޅާ އަރުވާލައި ގާތްގަނޑަކަށް 23 ކިލޯގެ މަސްތުވާތަކެއްޗާއެކު 15 މީހަކު ހައްޔަރުކޮށްފި އެވެ.

ބޮޑު ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލައި 15 މީހަކު ހައްޔަރުކޮށްފި
ބޮޑު ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލައި 15 މީހަކު ހައްޔަރުކޮށްފި

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހަތް އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 13 ފިރިހެނަކާއި ދެ އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 30 މިލިއަން ރުފިޔާ އަށް އަރަ އެވެ. މި އޮޕަރޭޝަންތައް ހިންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އާއި ހުޅުމާލޭގަ އެވެ. އަތުލައިގަތީ 18 ކިލޯގެ ކެނެބިހާއި ފަސް ކިލޯގެ ހިރޮއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮޑު ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލައި 15 މީހަކު ހައްޔަރުކޮށްފި
ބޮޑު ޑްރަގް ނެޓްވޯކެއް ފަޅާ އަރުވާލައި 15 މީހަކު ހައްޔަރުކޮށްފި

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ މިދިޔަ އަންގާރަދުވަހުގެ ރޭ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި ތިން ދިވެއްސެއްގެ ދަބަހުގައި ހުރި ޓޮބްލެރޯން ޗޮކްލެޓްތަކެއްގެ ތެރޭގައި އެއް ކިލޯގެ ހެރޮއިނާއި ކަރުދާސް ފޮށިގަނޑުގައި ހުރި ކަދުރުތަކުގެ ތެރޭގައި ހަތް ކިލޯގެ ހަޝިޝް އޮއިލް ހުއްޓާ ފެނިފައިވާ ކަމަށެވެ.

ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ ވިދާޅުވި ގޮތުގައި މި މަސްތުވާތަކެއްޗާ ހަވާލުވުމަށް އައި ތިން ފިރިހެނަކާއި އަންހެނަކު އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައިވެ އެވެ. އަދި އުމުރުން 30 އަހަރުގެ ފިރިހެނަކު، އެއާޕޯޓު ކާގޯ ސަރަހައްދުގައި ޓްރޯލީއަކަށް އަރުވައިގެން ކަރުދާސް ފޮށިތަކެއް ގެންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ފޮށިތައް ބަލައި ފާސް ކުރިއިރު ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮށިގަނޑުތައް ބަލައި ފާސް ކުރުމުން އޮމާނީ ބްރޭންޑުގެ ކަދުރު ޕެކެޓްތަކުގެ ތެރެއިން 22 ރަބަރުގަނޑުގައި 10 ކިލޯގެ ކެނެބިސް ކަމަށް ބެލެވޭ މަސްތުވާތަކެއްޗާއި އަނެއް 20 ރަބަރުގަނޑުގައި ހަތަރު ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި،" މިދިޔަ ބުދަދުވަހު ހިންގި އޮޕަރޭޝަނާ ގުޅިގެން ސުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޑްރަގް ނެޓްވޯކަށް ފާރަލައި އިތުރު ފަސް އޮޕަރޭޝަނެއް ހުޅުމާލޭގައި ވަނީ ހިންގައިފަ އެވެ. އެ ގޮތުން މިދިޔަ ބުރާސްފަތިދުވަހު ހުޅުމާލޭގެ ފަސް ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސުޒީ ވިދާޅުވި އެވެ. އެއީ ނުވަ ފިރިހެނުންނާއި އެއް އަންހެނެކެވެ.

"މި ފަސް ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ހޯދި. އޭގެ ތެރޭގައި ކެނެބިސް، ހެރޮއިން، ޕާޓީ ޑްރަގްސް ކަމަށް ބެލެވޭ މަސްތުވާތަކެތި ފެނިފައިވޭ. އަދި އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި ތަފާތު ތިން ގައުމެއްގެ ފައިސާ ފެނިފައިވޭ،" ސުޒީ ވިދާޅުވި އެވެ.