22 ޖޫން 2016 - 12:15

ޕިއޮންޔޮން (ޖޫން 22) - ނޯތު ކޮރެއާ އިން މެދު ރާސްތާ، މަނާ ދެ މިސައިލް ޓެސްޓްކޮށްފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.

ނުވަ ދިހަ ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރުކުރި ފުރަތަމަ މިސައިލް ފެއިލްވެ ކަނޑަށް ވެއްޓިފައިވާ އިރު ދެ ވަނަ މިސައިލް ދަތުރުކޮށްފައި ވަނީ 400 ކިލޯ މީޓަރުގެ ބާރު މިނުގައި ކަމަށް ވެސް ސައުތު ކޮރެއާ އިން ބުންޏެވެ. ސައުތު ކޮރެއާގެ އަސްކަރީ އޮފިޝަލުން ބުނެފައި ވަނީ ނޯތު ކޮރެއާ އިން އުދުއްސާލާފައި ވަނީ މެދު ރާސްތާ ދެ މިސައިލް ކަމަށެވެ.
ސައުތު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް އާއި އެމެރިކާ އިން ބުނެފައި ވަނީ ނޯތު ކޮރެއާ އިން އުދުއްސާލި ދެ ވަނަ މިސައިލް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެއީ ކާމިޔާބު މިސައިލެއް ކަމަށް އަދި ބުނެފައެއް ނުވެ އެވެ.
ނޯތު ކޮރެއާ އިން ބެލެސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުން ކުރުން ވަނީ އދ.ގެ ގަރާރެއްގެ ދަށުން މަނާކޮށްފަ އެވެ.
ސައުތު ކޮރެއާގެ ރައީސްގެ އޮފީހުން ބުނެފައި ވަނީ ނޯތު ކޮރެއާ އިން އުދުއްސާލި މިސައިލްއާ ބެހޭ ގޮތުން މަޝަވަރާ ކުރުމަށް ގައުމީ ސަލާމާ ބެހޭ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ ނޯތު ކޮރެއާ އިން އުދުއްސާލި މިސައިލްގެ މައްސަލަ ކުށްވެރި ކޮށްފަ އެވެ. ޖަޕާނުން ވެސް ބުނެފައި ވަނީ ނޯތު ކޮރެއާގެ އަމަލަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ނޯތު ކޮރެއާ އިން އުދުއްސާލި މިސައިލްގެ ރާސްތާ އަކީ 3،000 ކިލޯ މީޓަރު (1،800 މޭލު) އެވެ. މިއީ ސައުތު ކޮރެއާ، ޖަޕާން އަދި ހުޅަނގު ޕެސިފިކުގެ ގުއާމަށް ހަމަލާ ދެވޭ ވަރުގެ މިސައިލެކެވެ.