19 ޖޫން 2017 - 08:09

އާމިރު ޚާނަކީ އޭނާ އެއިރަކު ކުޅޭ ފިލްމެއްގެ ކެރެކްޓާއަށް ފިޓްވުމަށް ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ އެކްޓަރެއްކަން މިހާރު ވަރަށް ގިނަ ބަޔަކަށް ޔަގީން ވާނެ އެވެ.
މީގެ މަސްތަކެއް ކުރިން އާމިރު ވަނީ "ދަންގަލް" ކުޅުމަށް، އުމުރުން ދުވަސްވެ، ބޮލުގައި ނުރަޖަހައި ފަލަވެފައިވާ މެދު އުމުރުގެ ފަސް ދަރިންގެ ބައްޕައެއްގެ ރޯލަށް ފިޓްވުމަށް އެގޮތަށް އޭނާގެ ހަށިގަނޑު ބަދަލުކޮށްލާފަ އެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތް ނިމި އާ ފިލްމެއް ކުޅެން މިހާރު އޭނާ ތައްޔާރުވަމުން އަންނައިރު އާމިރު އަންނަނީ އޭނާގެ ސިފަޔަށް ބޮޑު ބަދަލެއް ގެންނަމުންނެވެ.
މިދިޔަ ހަައެއްކަ މަސް ދުވަހުގެ ތެރޭގައި އާމިރު ވަނީ އޭނާ އަސްލު ހުންނަ ސައިޒަށް ވުރެ ދެ ގުނަ ހިކިފަ އެވެ. ކުރިން އޭނާގެ ގައިގައި 120 ކިލޯ ހުރި އިރެއް ވެސް ދިޔަ އެވެ. ނަމަވެސް މިހާރު ހުރީ 70 ކިލޯ އެވެ. އަދި ފެޓް ޕަސެންޓޭޖް ހުރީ އޭނާ 2014 ގައި "ޕީކޭ" ކުޅުނުއިރު ހުރިވަރަށް ވުރެ ވެސް މަދުންނެވެ.
އޭނާ ހަމައެކަނި ބަރުދަން ލުއިކުރީކީ ނޫނެވެ. ހަށިގަނޑުގެ ބައްޓަމަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ބައިމަތި ހަނިވެ މުޅި މީހާގެ ފްރޭމް ވެސް ވަނީ ކުޑަވެފަ އެވެ. ފަހަރެއްގައި މިއީ އޭނާގެ މުޅި ކެރިއަރުގައި ވެސް ފެންނަ އެންމެ ހިކިފައިވާ ސިފަ ކަމަށް ވެދާނެ އެވެ. މިއީ ހަމަ ގައިމުވެސް "ދަންގަލް" ގައި އޭނާ ފެނިފައިވާ ގޮތާ ދިމާ އިދިކޮޅު ސިފައެކެވެ.
އަމީތާބު ބައްޗަންއާ އެކު އޭނާ ކުޅޭ "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިން މިހާރު ފެށިގެން ކުރިޔަށް ދާއިރު އާމިރުގެ މިހާރުގެ ސިފަ ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އޭނާގެ ފޭނަކު ޕޯސްޓްކޮށްފައިވެ އެވެ. މި ފޮޓޯއިން ހާމަވަނީ އެންމެ ކަމެކެވެ.