ފެޝަން ކަލެކްޝަނަކާއި އިމޯޖީ ސެޓެއް 94 އަހަރުގައި ނެރެވިދާނެތަ؟
ފެޝަން ކަލެކްޝަނަކާއި އިމޯޖީ ސެޓެއް 94 އަހަރުގައި ނެރެވިދާނެތަ؟

ސްޓައިލް އައިކޮން އައިރިސް އެޕްފެލްއަށް 94 އަހަރެވެ. ނަމަވެސް އޭނާގެ ހެދުން އެޅުމުގެ ތަފާތު ސްޓައިލާ ބެހޭގޮތުން ވޯގް ފަދަ ބޮޑެތި ބައިނަލްއަގްވާމީ ފެޝަން މަޖައްލާތަކުގައި އާމުކޮށް ޝާއިއުކުރެ އެވެ.

ފެޝަން ކަލެކްޝަނަކާއި އިމޯޖީ ސެޓެއް 94 އަހަރުގައި ނެރެވިދާނެތަ؟
ފެޝަން ކަލެކްޝަނަކާއި އިމޯޖީ ސެޓެއް 94 އަހަރުގައި ނެރެވިދާނެތަ؟

އޭނާގެ ސްޓައިލަކީ ކޮބައިހެއްޔެވެ؟ ބޮޑު ވަށް އައިނެއް، ކުރު ނުރަ އިސްތަށިގަނޑެއް އަދި 60ގެ ކުލަ ގަދަ ހެދުމާއި ބޮޑެތި ގަހަނާ އަކީ އޭނާ އަބަދުވެސް ހުށަހަޅާ ސްޓައިލެވެ.

"އައިރިސް މީޓްސް އައި.އެން.ސީ" ގެ ނަމުން އޭނާގެ އަމިއްލަ ފެޝަން ކަލެކްޝަނެއް މޭސީޒްގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ނެރޭނެކަން ބުނެފައިވެ އެވެ. އެމެރިކާގެ މަޝްހޫރު ޑިޕާޓްމެންޓް ސްޓޯރެއް ކަމަށްވާ މޭސީޒްގައި 40 ބާވަތެއްގެ ހެދުމާއި އެކްސެސަރީޒް ލިބެން ހުންނާނެ އެވެ.

"މޭސީޒަކީ އަހަރެން އެންމެ ފުރަތަމަ ދިޔަ ޑިޕާޓްމަންޓް ސްޓޯ އަދި ޝޮޕިންކޮށްލަން އަބަދުވެސް ދަނީ އެތަނަށް،" އައިރިސް ބުންޏެވެ.

އޭ ލައިން ސްކާޓު، ޝިފްޓް ހެދުން، ޖެކެޓު އަދި އައިރިސް އަޅާ ޒާތުގެ ބޮޑެތި ގަހަނާ އެ ކަލެކްޝަންގައިވެ އެެވެ. އައިރިސްގެ އަމިއްލަ ސްޓައިލަށް ބިނާކޮށްގެން އެކުލަވާލި އައިޓަމްތަކުގައި އަތް ކެނޑި ހެދުމާއި ޓޮޕް ނުވަތަ މިނީ ސްކާޓް ނުހިމެނޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"ދުވަސްވީ މީހުންނަށް މިއީ އެހާ ރީތި ސްޓައިލެއް ނޫން،" އައިރިސް ބުންޏެވެ.

މި ކަލެކްޝަން ޒުވާނުންނަށް އަދި އޭނާގެ އުމުރުގެ މީހުންނަށް ވެސް ލެވޭނެ އެވެ. އޭނާގެ މި ކަލެކްޝަން ތައްޔާރުކުރި އިރު ވަރަށް މަޖާ އަދި އުފާވެރި ތަޖުރިބާއެއް ކުރެވުނު ކަމަށް ބުންޏެވެ. އައިރިސް މީޓްސް އައި.އެން.ސީގެ ކެމްޕޭން ފޮޓޯތަކުގައި ފެނިގެންދާނީ ވެސް އައިރިސް އެވެ. މީގެ އިތުރުން އޭނާގެ ލިމިޓެޑް އެޑިޝަން އިމޯޖީ ސެޓެއް ވެސް ތައާރަފުކުރާނެ އެވެ. އެ އިމޯޖީ ކެރެކްޓާތައް އޭނާގެ ކަލެކްޝަން ޕްރޮމޯޓުކުރާ ޓެގްތައް، ޑިޖިޓަލް އެޑްތައް އަދި ޑިރެކްޓް މެއިލްތަކުން ފެނިގެންދާނެ އެވެ.