ވަންޕްލަސް 5: އިންވައިޓް ސިސްޓަމް އެނބުރި އަންނަނީ
ވަންޕްލަސް 5: އިންވައިޓް ސިސްޓަމް އެނބުރި އަންނަނީ

"ވަންޕްލަސް ވަން" މާކެޓަށް ނެރުނީ އިންވައިޓް ސިސްޓަމެއްގެ ތެރެއިންނެވެ. ފޯނު ގަތުމަށްޓަކައި ދައުވަތެއް ލިބެންޖެހެ އެވެ. އެ ނޫން ގޮތެއްގައި އެއީ ހަމަ އެކަކަށް ވެސް ގަނެވޭ ފޯނެއް ނޫނެވެ.

ވަންޕްލަސް 5: އިންވައިޓް ސިސްޓަމް އެނބުރި އަންނަނީ
ވަންޕްލަސް 5: އިންވައިޓް ސިސްޓަމް އެނބުރި އަންނަނީ

ސްމާޓްފޯން މާކެޓަށް ވަންޕްލަސް ތައާރުފުވީ އެ ގޮތުގަ އެވެ. އެއީ 2014 ވަނަ އަހަރު އެވެ. ކުންފުނީގެ ހާލަތު ކުރިއަށް ލަފާކުރުން އެ ކުންފުންޏަށް ވެފައި އޮތީ ބޮޑު ޝައްކަކަށެވެ. އެހެންކަމުން، ކޮންމެ ފޯނެއް ގަންނަނީ ކާކުކަން އެނގުން އެ ކުންފުންޏަށް ވަރަށް މުހިންމު ވި އެވެ. އަދި އެ އަށް ވުރެ ބޮޑު ކަމެއްގެ ގޮތުގައި، އެންމެ ލާރިއެއް ވެސް ގެއްލިގެން ނުދާނެ ގޮތަކަށް ވިޔަފާރި ބައްޓަންކުރަން ޖެހުނެވެ.

"ވަންޕްލަސް" އަކީ ޗައިނާ ކުންފުންޏެކެވެ. "ވަންޕްލަސް ވަން" އަކީ އެ ކުންފުނިން އުފެއްދި ފުރަތަމަ ފޯނެވެ. ވަންޕްލަސްގެ ފޯނުތަކަށް ނަންކިޔާފައި ވަނީ އެ ކުންފުންޏަށް ނިސްބަތްކޮށް، "ވަންޕްލަސް ޓޫ"، ވަންޕްލަސް އެކްސް"، ވަންޕްލަސް ތްރީ" އަދި "ވަންޕްލަސް 3ޓީ" އެވެ. އެ މަރުކާގައި ދެން އޮތީ "ވަންޕްލަސް 5" އެވެ.

"ވަންޕްލަސް ވަން" މާކެޓަށް ނެރެ ދައްކާލުމާ އެކު ހީވީ ތަނެއްގައި ހުޅުޖެހިހެންނެވެ. އެ އެއްޗެއް ގަތުމަށް އިންވިޓޭޝަނެއް، ދައުވަތެއް ނުލިބިގެން އެންމެ ނިކުމެ ހޯބޯލާން ފެށި އެވެ. އިންވިޓޭޝަންތައް ބޮޑު އަގުގައި ވިއްކުމާއި ވަގަށް ނެގުން ފަދަ ޖަރީމާތައް އާންމުވި އެވެ. ފޯނުގެ މޮޅުކަމަށް ވުރެ ބޮޑަށް ވިޔަފާރީގައި ގެންގުޅުން އުކުޅެއްގެ ސަބަބުން، "ވަންޕްލަސް ވަން" ވައިގައި ހިފި އެވެ. މެދު އުޑުގައި ފިޔަޖަހަން ހިނދުކޮޅެއް ވެސް ނުނެގި އެވެ.

ސްމާޓްފޯން މާކެޓަށް ވަންޕްލަސް ފަރިތަވެ "ވަންޕްލަސް 3" އާ ހަމަ އަށް އައިއިރު، ކަސްޓަމަރުންނަށް އިންވިޓޭޝަން ސިސްޓަމް ބާވެއްޖެ އެވެ. އަދި އެއީ ކަސްޓްމަރުންނަށް އެންމެ ފަސޭހަ ގޮތް ނޫންކަން ވަންޕްލަސް ހިންގަން ތިބި މީހުންނަށް ވިސްނުނެވެ. އެހެންވެ، ވަންޕްލަސް 3އާ ހިސާބުން، އިންވިޓޭޝަން ސިސްޓަމަށް ބަޑިޖަހައި މަރާލި އެވެ.

ވަންޕްލަސް 3 އަށް ފަހު ވީ ދުވަހެއް ވީ އެވެ. ވަންޕްލަސް އިން އަނެއްކާ ވެސް އިންވިޓޭޝަން ސިސްޓަމް ގެންނަނީ އެވެ. އެ ވާހަކަ އެބަ ދެކެވެ އެވެ. ކުރި އަށް އޮތީ ވަންޕްލަސް 5 އެވެ. އެއީ އިންވިޓޭޝަން ސިސްޓަމެއްގެ ތެރެއިން ގަނެވޭ ފޯނަކަށް ހަދާފާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރޯގާއެއްހެން އެބަ ފެތުރެ އެވެ.