އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ކާގޯ ބޯޓެއްގައި ޖެހި ހަތް ފަޅުވެރިން ގެއްލިއްޖެ
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ކާގޯ ބޯޓެއްގައި ޖެހި ހަތް ފަޅުވެރިން ގެއްލިއްޖެ

ޓޯކިޔޯ (ޖޫން 17) - އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ޔޫއެސްއެސް ފިޒްޖެރަލްޑް، ކާގޯ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެމެރިކާ މަނަވަރުގެ ހަތް ފަޅުވެރިން ގެއްލިއްޖެ އެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ކާގޯ ބޯޓެއްގައި ޖެހި ހަތް ފަޅުވެރިން ގެއްލިއްޖެ
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ކާގޯ ބޯޓެއްގައި ޖެހި ހަތް ފަޅުވެރިން ގެއްލިއްޖެ

މި އެކްސިޑެންޓުގައި ޒަޚަމްވި މީހުންގެ ތެރޭގައި އެމެރިކާ މަނަވަރުގެ ކޮމާންޑިން އޮފިސަރު ވެސް ހިމެނެ އެވެ. އޭނާ ވަނީ ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމެރިކާގެ ނޭވީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކޮމާންޑިން އޮފިސަރުގެ ހާލު މިހާރު ރަނގަޅު ކަމަށްވެ އެވެ. އިތުރު ދެ ފަޅުވެރިއަކު ވެސް ވަނީ ފަރުވާ އަށް ގެންގޮސްފަ އެވެ.

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ކާގޯ ބޯޓެއްގައި ޖެހި ހަތް ފަޅުވެރިން ގެއްލިއްޖެ
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ކާގޯ ބޯޓެއްގައި ޖެހި ހަތް ފަޅުވެރިން ގެއްލިއްޖެ

ކޮންޓެއިނާ ބޯޓުގައި އެމެރިކާގެ މަނަވަރު ޖެހުނީ ޖަޕާނުގެ ޔޮކޮސޫކާގެ އައްސޭރިން 56 މޭލު ބޭރުންނެވެ. ޖަޕާނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޔޮކޮސޫކާ އަކީ އެމެރިކާގެ ހަތް ވަނަ ފްލީޓް ގާއިމްވެ ތިބޭ ސިޓީ އެވެ. އެކްސިޑެންޓްވި މަނަވަރާ އެކު 80 ސަބްމެރިން އެ ފްލީޓުގައި ހިމެނެ އެވެ. އެކްސިޑެންޓުގައި އެމެރިކާ މަނަވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

އެކްސިޑެންޓްވި އިރު 154 މީޓަރު (505 ފޫޓު) ދިގު މިސައިލް ގައިޑެޑް މަނަވަރު ދަތުރު ކުރަމުންދިޔައީ ކޮންދިމާލަކަށް ކަމެއް ނޭނގެ އެވެ. އެމެރިކާގެ މަނަވަރު ޖެހުނު 222 މީޓަރު (730 ފޫޓު) ދިގު ފިލިޕީންސްގެ ދިދަ ނަގާފައިވާ ކާގޯ ބޯޓު، އޭސީއެކްސް ކްރިސްޓަލް ދަތުރުކުރީ ޖަޕާނުގެ ނަގޯޔާ އާއި ޓޯކިޔޯއާ ދެމެދު އެވެ. މެރިން ޓްރެފިކް ރެކޯޑް ދައްކާ ގޮތުން އެކްސިޑެންޓް ހިނގުމުގެ 25 މިނިޓް ކުރިން އޭސީއެކްސް ކްރިސްޓަލް ވަނީ ކުއްލިއަކަށް ޔޫ-ޓާނެއް ނަގައިފަ އެވެ. ކޮންޓެއިނާ ބޯޓުގެ ކޯސް ބަދަލުކުރީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އެކްސިޑެންޓްވި އިރު ކޮންޓެއިނާ ބޯޓު ދަތުރުކުރީ ގަޑިއަކު 14.6 ނޮޓްސް (ގަޑިއަކު 27 ކިލޯމީޓަރު) ބާރު މިނުގަ އެވެ. އެއީ 30،000 ޓަނުގެ ބޯޓެކެވެ. ބޯޓުގައި ތިބި ފިލިޕީންސްގެ 20 ފަޅުވެރިންނަށް މާބޮޑު ގެއްލުމެއް ނުބެ އެވެ.

އެކްސިޑެންޓުގައި ގެއްލުނު އެމެރިކާގެ ހަތް ފަޅުވެރިން ހޯދަން އެމެރިކާގެ ޓީމުތަކާ އެކު ޖަޕާނުގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސިޑެންޓުގައި އެމެރިކާގެ މަނަވަރު ފޫގޮސް، ލޮނުވަންނަން ފެށި ނަމަވެސް މިހާރު ވަނީ އެކަން ކޮންޓްރޯލް ކޮށްފަ އެވެ. އަަދި މަނަވަރު ފެތިދާނެކަމުގެ ބިރެއް މިހާރު ނެތެވެ. އެމެރިކާގެ މަނަވަރުގައި ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ރާޑާ ސިސްޓަމް ގާއިމްކޮށްފަ އެވެ. ކާގޯ ބޯޓު ވަނީ ޔޮކޮސޫކާގެ ބަނދަރަށް ގެންގޮސްފަ އެވެ.