ޕްރިޔަންކާގެ މި ފޮޓޯއަށް ކުރަނީ މަލާމާތް
ޕްރިޔަންކާގެ މި ފޮޓޯއަށް ކުރަނީ މަލާމާތް

މަޝްހޫރު މަޖައްލާއެއް ކަމަށްވާ "މެކްސިމް"ގެ ބޭރުގަނޑުގައި ޖަހާފައިވާ ޕްރިޔަންކާ ޗޯޕްރާގެ ފޮޓޯ ފެނިފައި އޭނާގެ ރީތިކަމާއި ސްޓައިލަށް ތައުރީފުކުރުމުގެ ބަދަލުގައި ގިނަ ބަޔަކު ޖެހީ ޖޯކެވެ. އެއީ އެ ފޮޓޯގައި "ކިހިލިފަތި" ފޮޓޯޝޮޕްކޮށްފައި ހުރުމުންނެވެ.

މިކަމަށް ސޯޝަލް މީޑިއާގައި އެއްބަޔަކު ޖޯކު ޖަހަމުން ދާއިރު އަނެއްބަޔަކު ބުނަނީ ޕާސްޕޯޓް ފޮޓޯ ވެސް ފޮޓޯޝޮޕްކުރާ މިޒަމާނުގައި މަޖައްލާއެއްގެ ކަވަރުގައިވާ ފޮޓޯއެއް ފޮޓޯޝޮޕް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

މެކްސިމް މަޖައްލާގެ މި އަދަދުގައި ޕްރިޔަންކާ އަށް ވަނީ "އެންމެ ހޮޓް" އަންހެނާގެ ލަގަބު ދީފަ އެވެ.

ނަމަވެސް ޕްރިޔަންކާއާ ގުޅޭ ގޮތުން އެ މަޖައްލާގައި ލިޔެފައިވާ ލިޔުން ކިޔުމުގެ ބަދަލުގައި ގިނަ ބަޔަކު ބެލީ އޭނާގެ ކިހިލިފަތްދޮށުގައި ހުންނަ ރޫތައް އެ މަޖައްލާގެ ކަވަރުގައި އިން ފޮޓޯ އިން ފެންނަން ނެތުމުންނެވެ.

މިކަމާ ބެހޭގޮތުން ޓުވީޓްކުރާ ބައެއް މީހުން ވަނީ ޕްރިޔަންކާގެ އިންސްޓަގްރާމް އެކައުންޓުގައިވާ އޭނާގެ ކިހިލިފަތް ފެންނަ ފޮޓޮއެއް ޕޯސްޓްކޮށް ދެ ފޮޓޯގައިވާ ތަފާތުތައް ފާހަގަކޮށްފަ އެވެ.