މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމްކޮށްފި
މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމްކޮށްފި

ގާހިރާ (ޖޫން 22) - ރަތް ކަނޑުގެ މިސްރުގެ ޖަޒީރާތައް ސައުދީ އަރަބިއާ އަށް ދޫނުކުރެވޭނެ ކަމަށް މިސްރުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމްކޮށްފި
މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމްކޮށްފި

މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޓިރަން އާއި ސަނަފިރު ޖަޒީރާ އެޕްރީލް މަހު ސައުދީ އަށް ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމްކޮށްފި
މިސްރުގެ ރަށްތައް ސައުދީ އަށް ނުދެވޭނެ ކަމަށް ހުކުމްކޮށްފި

ޖަޒީރާތައް ސައުދީ އަށް ހަވާލު ކުރަން ނިންމުމުން މިސްރުގައި ވަނީ މުޒާހަރާ ކުރަން ފަށައިފަ އެވެ. މި މުޒާހަރާތަކާ ގުޅިގެން 150 މީހުން ވަނީ ޖަލަށް ލައިފަ އެވެ. ނަމަވެސް މީގެ ތެރޭން ގިނަ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ. އަދި އަނެއް ބައެއްގެ އަދަބު ވަނީ ލުއިކޮށްދީފަ އެވެ.

މިސްރު ސަރުކާރުން ބުނެފައި ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށެވެ.

ޓިރަން އާއި ސަނަފިރު އަކީ ގަލްފު އޮފް އަގަބާގެ ފަޅު ދެ ރަށެވެ. މިއީ މިސްރާއި އިޒްރޭލް، ޖޯޑަން އަދި ސައުދީ އަރަބިއާއާ ގުޅިފައި އޮންނަ ރަތް ކަނޑުގެ މުހިންމު ހިސާބެކެވެ. ރިޔާޒުގެ އެދުމުގެ މަތިން މި ރަށްތަކުގައި މިސްރު ސިފައިން ތިބޭތާ 66 އަހަރު ވެއްޖެ އެވެ. އެކަމަކު މި ރަށްތަކުގެ ކޮންޓްރޯލް ސައުދީ އަށް ދޫކޮށްލުމަށް ސީސީ ނިންމެވުމުން މިސްރުގެ އެތެރޭން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ގާނޫނު އަސާސީއާ ޚިލާފުވެ ރަށްތައް ވިއްކާލައިގެން އެތައް ބިލިއަން ޑޮލަރެއް ހޯއްދެވިކަމުގެ ތުހުމަތު ސީސީގެ މައްޗަށް ކޮށްފައިވެ އެވެ. އެކަމަކު ސީސީ ވިދާޅުވެފައި ވަނީ އެ ރަށްތަކަކީ ކުރިން ވެސް ސައުދީގެ ތަންތަން ކަމަށާއި އެ ތަންތަނުގެ ކޮންޓްރޯލް ސައުދީ އަށް ދޫކޮށްލަން ނިންމީ ކަމަށެވެ.

އެކަމަކު މިސްރުގެ އިދާރީ ކޯޓެއް ކަމަށްވާ ސްޓޭޓް ކައުންސިލުން އިއްޔެ ވަނީ ގާހިރާ އާއި ރިޔާޒާ ދެމެދު އެޕްރީލް މަހު ގާއިމްކުރި ކަނޑުގެ ސަރަހައްދާ ބެހޭ އެއްބަސްވުން ތާބިލް ކުރަން ހުކުމްކޮށްފަ އެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން ޖަޒީރާތަކުގެ މިލްކުވެރިކަން ދެމި އޮންނާނީ މިސްރަށެވެ.