އަލިފާނުން ސަލާމަތް ކުރަން ކުޑަ ކުއްޖަކު 10 ވަނަ ބުރިން ވައްޓާލަން ޖެހުނު
އަލިފާނުން ސަލާމަތް ކުރަން ކުޑަ ކުއްޖަކު 10 ވަނަ ބުރިން ވައްޓާލަން ޖެހުނު

ލަންޑަން (ޖޫން 15) - ލަންޑަނުގެ ގްރިންފެލް ޓަވަރުގައި އިއްޔެ ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާ އިން ސަލާމަތް ކުރަން އުމުރުން ވަރަށް ހަގު ކުއްޖަކު 10 ވަނަ ބުރީގެ ކުޑަ ދޮރަކުން ތިރިއަށް ވައްޓާލަން ޖެހުނު ކަމަށް މަންޒަރުދުށް އަންހެނަކު ބުނެފި އެވެ.

އަލިފާނުން ސަލާމަތް ކުރަން ކުޑަ ކުއްޖަކު 10 ވަނަ ބުރިން ވައްޓާލަން ޖެހުނު
އަލިފާނުން ސަލާމަތް ކުރަން ކުޑަ ކުއްޖަކު 10 ވަނަ ބުރިން ވައްޓާލަން ޖެހުނު

ސާމިރާ ލަމްރާނީ ކިޔާ މީހަކު ބުނީ އަންހެނަކު އެހީ އަށް އެދި ގޮވުމަށް ފަހު، އެންމެ ފަހުން ކުޑަ ކުއްޖާ އިމާރާތުގެ 10 ވަނަ ބުރިން ތިރިއަށް ދޫކޮށްލި މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ. ކުއްޖާ ވައްޓާލުމުގެ ކުރިން އެ އަންހެން މީހާ ވަނީ ކުއްޖާ ހިފުމަށް ތިރީގައި ތިބި މީހުންނަށް އިޝާރާތްކޮށްފަ އެވެ. ކުއްޖާ ތިރިއަށް ދޫކޮށްލީ އެ ކުއްޖާ ހިފަން ގިނަ ބަޔަކު ތިރީގައި ޖަމާވެފައި ތިބުމުންނެވެ. ނަސީބު ރަނގަޅުކަމުން ކޮންމެ ވެސް މީހަކު ވަނީ ކުއްޖާ ބިމުގައި ޖެހުމުގެ ކުރިން ހިފާ، އެ ކުއްޖާގެ ފުރާނަ ސަލާމަތް ކޮށްފަ އެވެ.

އިމާރާތުގެ މަތީ ބުރިތަކުގައި ތިބި މީހުންނަށް ސަލާމަތްވެވޭނެ ގޮތެއް ނެތުމުން ބައެއް މީހުން ވަނީ ފޮތިގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން އަމިއްލަ އަށް ވައިކުޑަ ހަދައިގެން ވެސް ކުޑަ ދޮރުތަކުން ފުންމާލައިފަ އެވެ.

ގްރެންފެލް ޓަވަރުގައި ރޯވި އަލިފާނުގައި ގިނަ ބަޔަކު މަރުނުވެ ސަލާމަތްވީ ރޯދަ މަސްކަމުން ގިނަ މުސްލިމުން ހާރު ކެއުމަށް ހޭލާ އުޅުމުންނެވެ. އަލިފާން ރޯވާން ފެށުމާ އެކު ހޭލާ އުޅުނު މުސްލިމުން ވަނީ އިމާރާތުގެ އެކި އެޕާޓްމަންޓްތަކުގެ ދޮރުގައި ތަޅާ މީހުން ހޭލައްވާ ބޭރަށް ނެރެފަ އެވެ.

އަލިފާނުގެ ހާދިސާގައި މިހާތަނަށް ވަނީ 17 މީހުން މަރުވެފަ އެވެ.

ހަތާވީސް ބުރިއަށް ހަދާފައިވާ ގްރެންފެލް ޓަވަރު އިމާރާތްކޮށްފައި ވަނީ 1974 ވަނަ އަހަރު އެވެ. އެ އިމާރާތުގައި 120 ފްލެޓް ހިމެނެ އެވެ.