ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލުމަށް ކެމަރަން އެދިވަޑައިގެންފި
ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލުމަށް ކެމަރަން އެދިވަޑައިގެންފި

ލަންޑަން (ޖޫން 22) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމަށް ފެނޭތޯ ބެލުމަށް މާދަމާ ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގެ ކުރިން ދަރިންގެ އުއްމީދުތަކާއި ހުވަފެންތަކާ މެދު ވިސްނާލުމަށް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އެދިވަޑައިގެންފި އެވެ.

ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލުމަށް ކެމަރަން އެދިވަޑައިގެންފި
ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލުމަށް ކެމަރަން އެދިވަޑައިގެންފި

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ވާހަކަ ދައްކަވަމުން ކެމަރަން ވިދާޅުވީ އިނގިރޭސި ވިލާތަކީ ރައްކާތެރި އަދި ފާގަތި ގައުމަކަށް ނެހެދޭނެ ނަމަ އީޔޫ އިން ވަކި ނުވުމަށް އެމަނިކުފާން ކެމްޕޭން ނުކުރައްވާނެ ކަމަށެވެ.

ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލުމަށް ކެމަރަން އެދިވަޑައިގެންފި
ވޯޓުގެ ކުރިން ދަރިންނާ މެދު ވިސްނާލުމަށް ކެމަރަން އެދިވަޑައިގެންފި

ޑޯނިން ސްޓްރީޓުގައި ދެއްވި 10 މިނިޓުގެ ތަގްރީރުގައި ކެމަރަން ވިދާޅުވީ އިނގިރޭސި ރައްޔިތުންގެ ކުރިމަތީގައި އޮތް ސުވާލަށް ދިން ޖަވާބު ފަހުން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އީޔޫ އިން ވަކިވެއްޖެ ނަމަ އިނގިރޭސިވިލާތުގެ އިގްތިސާދު ހަމައިން ނެއްޓި ވަޒީފާތަކުގެ ޔަގީންކަން ގެއްލިގެންދާނެ ކަމަށެވެ. ބޮޑު ވަޒީރެއްގެ ހައިސިއްޔަތުން ފުރަތަމަ ވާޖިބަކީ ގައުމު ރައްކާތެރި ހިސާބަކަށް ގެންދިއުން ކަމަށް އިޝާރާތް ކުރައްވާ ކެމަރަން ވިދާޅުވީ ޔޫރަޕުގެ ޖަމާއަތުގެ މެންބަރެއްގެ ގޮތުގައި ދެމިއޮތުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރަން ވެސް ފަސޭހަވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ތަޖްރިބާގެ އަލީގައި ދަންނަވަން ޖެހޭނީ ޔޫރަޕުގައި ދެމިއޮތުމަކީ އިތުރަށް ރައްކާތެރިކަން ލިބި، އިތުރަށް ވަރުގަދަވާނެ ކަމެއް،" ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހަ އަހަރު ހޭދަކުރެއްވި ކެމަރަން ވިދާޅުވި އެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ބާރުއަޅާ ފަރާތްތަކުން ބުނަނީ މިއީ ގައުމުގެ އަމިއްލަ ބާރު ކޮންޓްރޯލް ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

ވޯޓުލާން 48 ގަޑިއިރަށް ވުރެ ވަގުތު ކުޑަތަންވެފައިވާ އިރު ދެ ކޭމްޕުގެ ކެމްޕޭން ވަނީ ވަރުގަދަކޮށްފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ބަހުސްގައި ދެ ފަރާތުން ވެސް ވަނީ ރައްޔިތުންގެ ކިބައިން އާ އިލްތިމާސްތަކެއް ކޮށްފަ އެވެ.