ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ސްރީ ލަންކާ އިން ރާއްޖެ އައި މީހެއްގެ އަތުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސް އިން ބުނީ މިިދިޔަ ހޯމަދުވަހު އުމުރުން 30 އަހަރުގެ ލަންކާގެ ފިރިހެނެއްގެ ފޮށި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފެނިފައިވާ ކަމަށެވެ. އެ އެއްޗެހީގެ ބަރުދަނުގައި 1.2 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މަސްތުވާތަކެތި އަޅާފައި ހުރީ ދަޅަކާއި ޕްލާސްޓިކް ފުޅިއަކަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ފިރިހެން މީހާ އާއި ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.