ލަންޑަން ޓަވާ ބްލޮކުގައި ރޯވެ އަނދައިފި
ލަންޑަން ޓަވާ ބްލޮކުގައި ރޯވެ އަނދައިފި

ލަންޑަން (ޖޫން 14) - އިނގިރޭސި ވިލާތުގެ ލަންޑަނުގެ ހުޅަނގުގައި ހުންނަ ޓަވަ ބްލޮކުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.

ލަންޑަން ޓަވާ ބްލޮކުގައި ރޯވެ އަނދައިފި
ލަންޑަން ޓަވާ ބްލޮކުގައި ރޯވެ އަނދައިފި

މަންޒަރުުދުށް މީހުން ބުނީ އަލިފާން ރޯވި އިރު ޓަވަރުގައި ގިނަ ބަޔަކު ތިބޭނެ ކަމަށެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތުގައި 200 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ލަންޑަން އެމްބިއުލެންސް އިން ބުނީ 30 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ޓަވަ ބްލޮކުން މިހާރު ވެސް ދަނީ މީހުން ހުސްކުރަމުންނެވެ.

ލަންޑަން ޓަވާ ބްލޮކުގައި ރޯވެ އަނދައިފި
ލަންޑަން ޓަވާ ބްލޮކުގައި ރޯވެ އަނދައިފި

އަލިފާން ނިއްވާ ފަރާތްތަކުން ބުނީ އިމާރާތުގެ މަތީ ފްލޯތަކާ ހަމައަށް ފެން ޖަހަން ދަތިވެފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ވަނީ ކޮންޓްރޯލުން ނެއްޓިފައި ކަމަށެވެ.

ލަންޑަން ފަޔާ ގްރިގޭޑުގެ އެސިސްޓެންޓް ކޮމިޝަނާ ޑޭން ޑަލީ ވިދާޅުވީ އަލިފާން ނިއްވާ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ވަރަށް އުނދަގުލުން ކަމަށެވެ.

"މިއީ ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް. އަލިފާން ނިއްވަން ވަރަށް ގިނަ ވަސީލަތްތައް ދަނީ ބޭނުން ކުރަމުން،" ޑަލީ ވިދާޅުވި އެވެ.

ކެންސިންޓަން އަދި ޗެލްސީ ކައުންސިލުން ބުނީ 24 ބުރިއަށް ހަދާފައިވާ ޓަވާ ބްލޮކުގައި 120 ފްލެޓް ހިމެނޭ ކަމަށެވެ. ޓަވާ ބްލޮކް މަރާމާތު ކުރުމުގެ 10 މިލިއަން ޕައުންޑުގެ ދެ އަހަރު ދުވަހުގެ މަސައްކަތް ނިންމާލީ މިދިޔަ އަހަރު އެވެ. މަރާމާތުގެ ތެރޭގައި އިމާރާތުގެ ބޭރުގައި ކްލެޑިން ޖެހުމާއި ހީޓިން ސިސްޓަމެއް ގާއިމް ކުރުން ހިމެނެ އެވެ.

އަލިފާން ރޯވި ގްރެންފެލް ޓަވަރު ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ މުސްލިމުން ވެސް ދިރިއުޅެ އެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ގިނަ މުސްލިމުން އުޅުނީ ހާރުކާން ހޭލަ އެވެ.

އަލިފާން ރޯވި ޓަވަރާ ކައިރީގައި ދިރިއުޅޭ އުބާހު ޔޫސުފް ބުނީ އަލިފާން ގަނޑު އިމާރާތުގެ ތިރީގައި ރޯވުމަށް ފަހު ފެތުރިގަތީ ވަރަށް ހަލުވިކޮށް ކަމަށެވެ. މަންޒަރުދުށް އެހެން މީހެއް ކަމަށްވާ އަބްދުﷲ ބައްރާގު މުހިއްދީން ބުނީ އަލިފާން ރޯވުމާ އެކު ބައެއް މީހުން ކުޑަދޮރުތައް ހަލާކުކޮށްލައިގެން ފުންމާލަން މަސައްކަތް ކުރި ކަމަށެވެ. އަދި އަންހެނަކާއި ކުޑަ ކުއްޖަކު އެހީ އަށް އެދި ތިން ގަޑިއިރު ގޮވި ކަމަށް އޭނާ ބުންޏެވެ.

އަލިފާން ރޯވި އިމާރާތުގައި ދިރިއުޅޭ އައްޔޫބު ޔޫސުފް ބުނީ އޭނާގެ އާއިލާގެ ގިނަ މެންބަރުންތަކެއް އިމާރާތުގެ ތެރޭގައިވާ ތާށިވި ކަމަށާއި އެކަމަކު ގިނަ މީހުން ސަލާމަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޮމަރު ޗައުދަރީ ކިޔާ މީހަކު ބުނީ ބައެއް މީހުން އަލިފާނުން ސަލާމަތްވުމަށް އިމާރާތުގެ މެދަކާ ހަމައިން ވެސް ފުންމާލާފައިވާ ކަމަށެވެ.