ޓްރަމްޕުގެ އާއިލާ ވައިޓްހައުސް އަށް ބަދަލުވެވަޑައިގެންފި
ޓްރަމްޕުގެ އާއިލާ ވައިޓްހައުސް އަށް ބަދަލުވެވަޑައިގެންފި

ވޮޝިންޓަން (ޖޫން 12) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ އާއި ހަގު ދަރިކަލުން ބެރޮން ވައިޓް ހައުސް އަށް ބަދަލުވެވަޑައިގެންފި އެވެ.

ޓްރަމްޕުގެ އާއިލާ ވައިޓްހައުސް އަށް ބަދަލުވެވަޑައިގެންފި
ޓްރަމްޕުގެ އާއިލާ ވައިޓްހައުސް އަށް ބަދަލުވެވަޑައިގެންފި

މެލަނިއާ އާއި 11 އަހަރުގެ ދަރިފުޅު ވައިޓް ހައުސް އަށް ދިރިއުޅުން ބަދަލު ކުރައްވާފައި ވަނީ އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރެއްވިތާ ފަސް މަސް ފަހުންނެވެ. މި މުއްދަތުގައި މެލަނިއާ ދިރިއުޅުއްވީ ނިއު ޔޯކުގައި ހުންނަ ޓްރަމްޕް ޓަވަރުގަ އެވެ. އެއީ ބެރޮންގެ ސްކޫލް އަހަރު ނިމެންދެންނެވެ.

ވައިޓް ހައުސް އަށް ބަދަލުވެވަޑައިގަތުމާ އެކު ފަސްޓް ލޭޑީ ވަނީ އެ ތަނުގެ ހިތްގައިމު މަންޒަރު ފެންނަ ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމާ އެކު ރައީސްގެ އާއިލާ އާއްމުކޮށް ވައިޓް ހައުސް އަށް ބަދަލުވެ އެވެ. ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އަދި ދެ އަންހެން ބޭފުޅުން ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ. ފަސްޓް ލޭޑީގެ ހައިސިއްޔަތުން މިޝޭލް ވަނީ ތައުލީމާއި އަންހެނުން ބާރުވެރި ކުރުމުގެ ދާއިރާ އިން ވަރަށް ހަރަކާތްތެރި ރޯލެއް އަދާ ކުރައްވައިފަ އެވެ. ނަމަވެސް ޓްރަމްޕުގެ އަނބިކަނބަލުން 47 އަހަރުގެ ސްލޮވީނިއާގެ ކުރީގެ މޮޑެލް އަދި އުޅުއްވަނީ ތަންކޮޅެއް ހިމޭނުންނެވެ. ނަމަވެސް ޓްރަމްޕް މިދިޔަ މަހު ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި އެވެ.