ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީގެ ނަމުގައި ތިން އަހަރުގެ ދަރިފުޅު ޓްވީޓްކޮށްފި
ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީގެ ނަމުގައި ތިން އަހަރުގެ ދަރިފުޅު ޓްވީޓްކޮށްފި

ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސާރާ ހަކަބީ ސެންޑާސްގެ ފޯނު ލޮކް ނުކޮށް އޮއްވައި އޭނާގެ ތިން އަހަރުގެ ދަރިފުޅު ސެންޑާސްގެ ނަމުގައި މަޖާ ޓްވީޓެއް ކޮށްފި އެވެ.

ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީގެ ނަމުގައި ތިން އަހަރުގެ ދަރިފުޅު ޓްވީޓްކޮށްފި
ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީގެ ނަމުގައި ތިން އަހަރުގެ ދަރިފުޅު ޓްވީޓްކޮށްފި

ހޮނިހިރު ދުވަހު ފަތިހު 5:58 ގައި ކޮށްފައިވާ ޓްވީޓްގައި ވަނީ ޓްރެފިކް ލައިޓާއި ކާސަލް އާއި ބޯޓު ފަދަ އެކި ފާޑުގެ އިމޯޖީތަކެވެ. އަދި އެއްވެސް ބަހަކަށް ނުވާ ގޮތަށް އަކުރުތަކެއް ވެސް ޖަހާފައިވެ އެވެ.

ސެންޑާސްގެ ޓްވީޓާ ދެ އެކައުންޓްގެ ތެރެއިން އެކައުންޓަކުން ކުރި މި ޓްވީޓް ފެނުނު މީހުން މީގެ ހަގީގަތަކީ ކޮބައިތޯ ވިސްނަން ގަޑިއެއްހާއިރު ވިސްނަން ޖެހުނެވެ. ގިނަ މީހުން ހީކުރީ މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި "އުފެއްދި އާ ބަސް" ފަދަ ކަމެއްގެ ގޮތުގަ އެވެ. ޓްވީޓް ކުރިތާ ގަޑިއެއްހާއިރު ފަހުން ސެންޑާސް ވަނީ ވީ ގޮތް ކިޔައިދެއްވައިފަ އެވެ.

"މިއީ ތިން އަހަރުގެ ދަރިފުޅު ފޯނު އަތުލައިގެން ފިލީމާ ވާނެ ގޮތް. ޝުކުރިއްޔާ، ހަކް!" ސެންޑާސްގެ ޓްވީޓްގައި އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ނިސްބަތް ކުރައްވައި ލިޔުއްވާފައިވެ އެވެ.

މި ޓްވީޓްގައި ސެންޑާސް ވަނީ Neverleaveyourphoneunlocked# ހޭޝްޓެގް ވެސް ޖައްސަވައިފަ އެވެ.

މިއީ ކުޑަ ކުއްޖެއްގެ ސަބަބުން ވީ ކަމެއް ނަމަވެސް ސެންޑާސް އަށް ޓްވިޓާގައި އެތައް ބަޔަކު ދިމާކުރި އެވެ. ދަރިފުޅު ޓްވިޓާއަށް ފޮނުވާލި ކަހަލަ، އެކި ވައްތަރުގެ އިމޯޖީތައް ބޭނުންކޮށްގެން ސެންޑާސް އަށް ބައެއް މީހުން ޖަވާބު ދީފައިވެ އެވެ.