ފިޔަވަތީގެ ހަތަރު މުވައްޒަފެއްގެ މުސާރަ ތިން ކުންފުންޏަކުން ދެނީ
ފިޔަވަތީގެ ހަތަރު މުވައްޒަފެއްގެ މުސާރަ ތިން ކުންފުންޏަކުން ދެނީ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ" ގެ ހަތަރު މުވައްޒަފެއްގެ އެއް އަހަރުގެ މުސާރަ ތިން ކުންފުންޏަކުން ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިޔަވަތީގެ ހަތަރު މުވައްޒަފެއްގެ އެއް އަހަރުގެ މުސާރަ ހަމަޖައްސައިދޭން ޖެންޑާ މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އާއި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އަދި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީންނެވެ.

އެމްއޭސީއެލް އިން ދެ ކެއާވޯކަރެއްގެ އެއް އަހަރުގެ މުސާރަ ސްޕޮންސާކޮށް ދޭން އެއްބަސްވިއިރު، އިންފްލައިޓް ކޭޓަރިން އިން އެއްބަސްވީ އެއް ކެއާވޯކަރެއްގެ މުސާރަ އެއް އަހަރަށް ސްޕޮންސާކޮށް ދޭ ގޮތަށެވެ. ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އިން އެއްބަސްވީ އެއް އަހަރުގެ މުއްދަތަށް ނަރުހެއްގެ މުސާރަ ސްޕޮންސާކޮށް ދިނުމަށެވެ.

މީގެ ކުރިން އުރީދޫ އާއި އެސްޓީއޯ އިން ވެސް ވަނީ ފިޔަވަތި އަށް އެހީވުމުގެ ގޮތުން އެތަނުގެ ބައެއް މުވައްޒަފުން މުސާރަ ސްޕޮންސާކޮށްދީފަ އެވެ. އަދި ބައެއް ކުންފުނިތަކުން ވަނީ ފައިސާގެ އެހީ ވެސް ފިޔަވަތި އަށް ދީފަ އެވެ.