ތޮއްޔިބް އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި
ތޮއްޔިބް އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމް ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފި އެވެ.

ތޮއްޔިބް ކުރި ޓްވީޓެއްގައިވާ ގޮތުން އޭނާ ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ. އެކަމަކު އޭނާއާ ގުޅޭގޮތުން ފުލުހުން ބަލަނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މީގެކުރިން ވެސް ދޮގު މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި ތޮއްޔިބް ހައްޔަރުކުރި އެވެ. އޭރު އޭނާ ހައްޔަރު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކުން ވެސް ވަނީ އޭނާ ދޫކޮށްލަން ގޮވާލައިފަ އެވެ. އޭނާއަކީ އާންމުކޮށް ސަރުކާރާ ފާޑުކިޔައި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ މީހެކެވެ.