މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މަންދު ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކޯސްތަކަށް ކުރިމަތިލާން ފޯމު ހުށަހެޅޭނެ ކަމަށެވެ.

ޖުލައި މަހުގެ އިންޓޭކް ފަށަނީ އެ މަހު 16 ވަނަ ދުވަހު އެވެ.

ޓީޗިންނާއި ބިޒްނަސް މެނޭޖްމަންޓާއި އޮފީސް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ކޯސްތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާޒްއާ ހަމައަށް އެކި ޕްރޮގްރާމްތައް ހިންގަ އެވެ. އަދި ޖުމްލަ 21 ޕްރޮގްރާމެއް އަންނަ މަހު އެ ކޮލެޖުން ކުރިއަށްގެންދަން ހަމަޖައްސާފައިވާ ކަަމަށް ވެސް މަންދު ކޮލެޖުން ބުންޏެވެ.

ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް އަމިއްލަ މޮޑިއުލްސް އާއި ކަރިކިއުލަމް ތައްޔާރުކޮށްގެން ފަރުމާކޮށްފައިވާ ކޯސްތަކުގައި ބައިވެރިވެ މަންދު ކޮލެޖުގައި އެއް އަހަރު ކިޔެވުމަށް ފަހު، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ކޯސް ފުރިހަމަކުރެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މަންދު ކޮލެޖަކީ 1998 އިން ފެށިގެން ތައުލީމު ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެ ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް އަމިއްލަ ރަށުގައި ހުރެގެން ވެސް ކިޔެވުން ކުރިއަށްގެންދެވޭނެ އެވެ.

މަންދު ކޮލެޖުން މިހާރު ވެސް 500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.