12 ޖޫން 2017 - 07:59

ނޭފަތް ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ، މަޝްހޫރު ފިލްމީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް މަލާމާތްކުރަން ފަށައިފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިންޑިޔާއިން ބޭރުގައި އުޅުމަށް ފަހު އެނބުރި އައިސް، ގައުމަށް އާދެވުނީތީ އުފާކުރާ ކަމަށް ބުނެ އިންސްޓަގްރާމް ކުރި ފޮޓޯއެއް ފެނުމާ އެކު ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔަން ފަށައިފަ އެވެ. މި ފޮޓޯ ފެނިފައި ގިނަ ބަޔަކު ބުނެފައި ވަނީ ޕްރިޔަންކާ އަނެއްކާ ވެސް ނޭފަތް ރީތިކުރަން ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.
ސާޖަރީގެ ސަބަބުން އޭނާގެ ސިފަ ހުތުރުވެއްޖެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ބައެއް މީހުން ބުނީ މިއީ ޕްރިޔަންކާ މޫނުގެ ބައެއް ޕްލާސްޓިކް ސާޖަރީ ހެދި ތިން ވަނަ ފަހަރު ކަމަށެވެ. މީގެ ކުރިން ނޭފަތާއި ތުންފަތް ވެސް ސާޖަރީ ހަދާފައިވާ ކަމަށް އެ މީހުން ބުނެ އެވެ. ނަމަވެސް ފާޑުކިޔާ މީހުންގެ ވާހަކަތަކަކަށް ޕްރިޔަންކާ އަދި އެއްވެސް ޖަވާބެއް ނުދެ އެވެ.
ޝްރޫތީ ހަސަން އާއި ފާތިމާ ސަނާ ޝޭޚް އަދި ދީޕިކާ ޕަދުކޯން އަށް ވެސް މީގެ ދުވަސްކޮޅެއް ކުރިން ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. ޝްރޫތީ ވެސް ނޭފަތް ސާޖަރީ ހެދިކަމަށް ބުނެ އެވެ. ފާތިމާ އަށް ފާޑުކީ މުސްލިމަކަށް ވެ ހުރެ ރޯދަ މަހު ނިވާކަންކުޑަ ހެދުން އަޅައިގެން ފޮޓޯނަގާފައި ސޯޝަލް މީޑިއާ އަށް ލައިގެންނެވެ. ދީޕިކާ އަށް ފާޑުކިޔާފައި ވަނީ އޭނާ ލައިގެން ހުރި ހެދުމެއް ކަމުނުގޮސްގެންނެވެ.