އިސްލާހީ އެޖެންޑާ އިން ޑިމޮކްރަސީ އަށް ލިބުނު ކުރިއެރުން ފަހަތަށް ދާތީ ހިތާމަކުރަން: މައުމޫން
އިސްލާހީ އެޖެންޑާ އިން ޑިމޮކްރަސީ އަށް ލިބުނު ކުރިއެރުން ފަހަތަށް ދާތީ ހިތާމަކުރަން: މައުމޫން

ދެހާސް ހަތަރު ވަނަ އަހަރު އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަގު ކޮށައިދިން ކަމަށާއި ނަމަވެސް މިހާރު ފެންނަމުން ދަނީ ޑިމޮކްރެސީގެ މަގުގައި ހޯދުނު ކުރިއެރުންތައް ފަހަތަށް ދާ ތަން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިސްލާހީ އެޖެންޑާ އިން ޑިމޮކްރަސީ އަށް ލިބުނު ކުރިއެރުން ފަހަތަށް ދާތީ ހިތާމަކުރަން: މައުމޫން
އިސްލާހީ އެޖެންޑާ އިން ޑިމޮކްރަސީ އަށް ލިބުނު ކުރިއެރުން ފަހަތަށް ދާތީ ހިތާމަކުރަން: މައުމޫން

އެމަނިކުފާނުގެ ވެރިކަމުގައި، ޖޫން 9، 2004 ގައި އިސްލާހީ އެޖެންޑާއެއް އިއުލާނުކުރެއްވި އެވެ. އެ އިސްލާހީ އެޖެންޑާ އިން މަގު ފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރަން ރޯޑް މެޕެއް އެކުލަވާލައި ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެންނަން ފެށި އެވެ.

އިސްލާހީ އެޖެންޑާ އިއުލާންކުރެއްވިތާ 13 އަހަރު ފުރުމާ ދިމާކޮށް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިސްލާހީ އެޖެންޑާ އިން މިނިވަން، ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރަން އެހީވެދިން ކަމަށެވެ.

އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިމޮކްރެޓިކް އެތައް ނިޒާމެއް ފުނޑިގެންދާ ކަމުގެ ޝަކުވާ މައުމޫން ގެންދަވަނީ ކުރައްވަމުންނެވެ.

މިފަހަކަށް އައިސް މަޖިލީހުން ފާސް ކުރަމުންދާ ބައެއް ގާނޫނުތަކަށް ވެސް މައުމޫން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އަބުރުގެ ގާނޫނާއި ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލަށް ވެސް މައުމޫން ފާޑުވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުން ފަދަ ކަންތައްތަކަށް ވެސް މައުމޫންގެ ފާޑުކިއުން މި ފަހުން އަމާޒުވި އެވެ.