09 ޖޫން 2017 - 22:12

މާލޭގެ ގެއަކުން ދެ ކިލޯގެ މަސްތުވާތަކެއްޗާ އެކު މިއަދު މީހަކު ހަވީރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މ. ސްނޯ ލިލީ ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު އުމުރުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްލައާ ބެހޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ މިރޭ ކ. މާފުށިން ވެސް ގިނަ އަދަދެއްގެ މަަސްތުވާތަކެއްޗާ އެކު އުމުރުން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މިރޭ 7:30 ހާއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓާއެކު މާފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.