ހުޅުމާލޭ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި
ހުޅުމާލޭ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

ހުޅުމާލޭ ސިފައިންގެ މަރުކަޒުގެ މިސްކިތް "މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި
ހުޅުމާލޭ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. މިއަދުގެ ހުކުރު ނަމާދު އިމާމްވެ އެ މިސްކިތުގައި ކޮށްދެއްވީ މޭޖަ އަބްދުލް މަޖީދް އިބްރާހީމް އެވެ.

"މަސްޖިދުލް ޙާލިދު ބިން އަލް ވަލީދު" އަކީ އިސްލާމިކް މިނިސްޓްރީން ހަރަދުކޮށްގެން ބިނާކުރި އަދި އެއްފަހަރާ 100 މީހުންނަށް ޖަމާއަތުގައި ނަމާދު ކުރެވޭ މިސްކިތެކެވެ.

ރާއްޖޭގެ ތާރީޚީ މިސްކިތްތައް ނަކަލްކޮށްގެން ހަދާފައިވާ މި މިސްކިތުގެ ކޮންސެޕްޓް ތައްޔާރުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމް އެވެ. މިސްކިތް ޑިޒައިން ކުރީ އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުންނެވެ.

މިސްކިތުގެ ތަޅުން ވަށައިގެން ތިން ފޫޓަށް އުސްކޮށް ހަދާފައިވާއިރު އެތަނުގެ ފުރާޅު ލާފައި ވަނީ އިހުޒަމާނުގެ މިސްކިތްތައް ހުންނަ ގޮތަށް ތިރިކޮށެވެ.