ސޮފްވާން ހާޒިރު ނުވެއްޖެ ނަމަ ދައުވާކުރާނަން: ޕޮލިސް
ސޮފްވާން ހާޒިރު ނުވެއްޖެ ނަމަ ދައުވާކުރާނަން: ޕޮލިސް

ފުލުހުން ހޯދަމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން ފުލުސް އޮފީހަށް ހާޒިރުވުމަށް އިތުރު ހަތް ދުވަސް ފުލުހުން މިއަދު ދީފި އެވެ.

ސޮފްވާނާ ގުޅޭގޮތުން ފުލުހުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނުބުންޏަސް ފުލުހުން މީގެކުރިން އެކި ފަހަރު މަތިން ވަނީ ސޮފްވާން ހޯދަން އިއުލާންކޮށްފަ އެވެ. އޭނާ ނުފެނުމުން މިމަހުގެ ފުރަތަމަ ދުވަހު އޭނާ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އިއުލާނުކުރި އެވެ.

އެ އެންގުމާ އެއްގޮތަށް ސޮފްވާން ހާޒިރު ނުވުމުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އޭނާ ފުލުހަށް ހާޒިރު ނުވެއްޖެ ނަމަ، ފުލުހަށް ހާޒިރުނުވި މައްސަލާގައި އޭނާ އަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

މީގެކުރިން ފުލުހުން ވަނީ ސޮފްވާން ހޯދުމުގައި އިންޓަޕޯލްގެ އެހީ އަށް ވެސް އެދިފަ އެވެ. އެކަމަކު ސޮފްވާން ހޯދަން އިންޓަޕޯލުން މިހާތަނަށް ނޯޓިސްއެއް ނުނެރެ އެވެ.