އިޓަލީ ބަހެއް ކަމަށްވާ ޕަނީނޯ/ޕަނީނީ ގެ މާނައަކީ "ކުދި ބަނަސް" ނުވަތަ "ބަނަސް ރޯލް" އެވެ. ބަނަހުގެ ގިނަ ވައްތަރުތަކުން ޕަނީނީ ހަދަ އެވެ. އެކަމު އާންމުކޮށް ބޭނުންކުރަނީ ބޭގެޓް، ޝަބައްޓާ އަދި މިކެއްޓާ ބަނަހެވެ. އިޓަލީގައި އުފެއްދި ޕަނީނީ ދުނިޔެއަށް މަޝްހޫރުވެ ޝަބައްޓާ ބަނަސް ވެސް އާންމުވެގެން ދިޔަ އެވެ.

މިހާރު ބަދިގޭގައި މިއަދު ހަދާ ޗިކަން ޕަނީނީއަށް ބޭނުން ކުރާނީ ޝަބައްޓާ ބަނަހެވެ. ކުކުޅު މަސް ފިހަން ނަގާ ވަގުތުކޮޅު ފިޔަވާ ޕަނީނީއެއް ހަދަން މާ ގިނަ ވަގުތެއް ނުނަގާނެ އެވެ. ރަހަ ހެޔޮވަރު ކުރަން ބޭނުން ވަރަކަށް ކޮންމެ އެއްޗެއް ވެސް ބޭނުން ކުރައްވާށެވެ.

200 ގުރާމު ޗިކަން ބްރެސްޓް

ލޮނު، އަސޭމިރުސް

ޝަބައްޓާ ބްރެޑް

ޕޭސްތޯ

ޓޮމާޓޯ، ލެޓިއުސް

ގާކިންސް/ޕިކްކްލްޑް ކިއުކަމްބާ

ޗީސް ސްލައިސް