07 ޖޫން 2017 - 11:50

ޓެކްސީ އަށް އަރާ މީހުންނަށް އިންޒާރުދީ، ބިރު ދައްކާ ޑްރައިވަރަކު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި އުމުރުން 31 އަހަރުގެ މި ޑްރައިވަރު، ޓެކްސީ އަށް އަރާ މީހުންގެ ގައިގައި އަތްލުމާއި ބުނާ ތަންތަނަށް މަޑުނުކުރުން ފަދަ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވެ އެވެ.
"ބިރު ދައްކައިގެން ފޭރެން މަސައްކަތް ކުރާ ކަމަކަށް ނުވޭ. އެކަމަކު އޭނާގެ ފަރާތުން ބިރުވެރި އެހެން އަމަލުތައް ފެންނަމުންދާ ކަމަށް ވަނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ. އަދި ގްރޫޕް ހަދައިގެން މާލޭގައި ފޭރުމުންދާ ކަމުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ފުލުސް އޮފީހުން ކުރިން ބުނެފައި ވެ އެވެ.