22 ޖޫން 2016 - 07:41

350 ގުރާމު ފަރުމަސް (ކޮށާފައި ނުވަތަ ފޮތިކޮށްފައި)
1 މޭޒުމަތީސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް
⅓ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
½ ސައިސަމުސާ އިނގުރު (ގާނާފައި)
ގިތެޔޮމިރުސް، ހިކަނދިފަތް، ތެޔޮ
ފަރުމަސްކޮޅުގެ ތެރެއަށް އަސޭމިރުސް، އޮއިސްޓާ ސޯސް، ސޯޔާ ސޯސް އަޅާފައި އެއްކޮށްލާފައި ބެހެއްޓުން. ތެޔޮފޮދެއްގެ ތެރޭގައި، ލޮނުމެދާއި އިނގުރު މީރުކުރުން. އޭގެ ތެރޭގައި މަސްކޮޅު އަތުރާލާފައި ސޯސްކޮޅު އެޅުން. މަތި ޖަހައިގެން، މަސްކޮޅުން ނުކުންނަ ފެނުން، މަޑު ގިނީގައި، ރޯފިލުވުން. ކުޑަކޮށް ރޯފިލީމައި ގިތެޔޮމިރުސް (ކުޅިކުރަން ބޭނުންވާ ވަރަކަށް) އެޅުމަށް ފަހު އެއްކޮށްލުން. މަސް ހުރީ ފޮތި ކޮށްފައި ކަމުގައި ވާ ނަމަ، މަސްފޮތިތައް އަނެއް ފުށަށް ޖަހައިލުން. ރޯފިލުމުން (އުނދުން ނިއްވައިފައި) ހިކަނދިފަތްކޮޅެއް ލާފައި، މަތިޖަހައިފައި، ފަސް މިނެޓު ވަންދެން ބަހައްޓާލުން.
މިއަކަށް ލޮނެއް ނާޅާނެ. ބޭނުން ނަމަ، ސޯސްކޮޅު އެއްކޮށް ހިނދެންދެން ވެސް މަސްކޮޅު ކައްކާލެވިދާނެ. ނުވަތަ ސޯސްކޮޅު ހިންދައިނުލައި ވެސް ބެހެއްޓިދާނެ. ބަތް ނުވަތަ ޕާސްޓާއާ އެއްކޮށް މި މަސް ވަރަށް މީރު ވާނެ.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.